ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް މަރުގެ އިންޒާރު ދިން މައްސަލާގައި މިހަތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)އިން "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އޮފް މޯލްޑިވްސް"ގެ ނަމުގައި ޝާއިއު ކޮށްފައިވާ ރިޕޯޓާ ގުޅިގެން، ގައުމު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި، ސީޕީ ހަމީދާއި، ރައީސް ނަޝީދަށް އަދި އެންޑީއެމްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލަށް މަރުގެ އިންޒާރުދީ، ސޯޝަލް މީޑިއާގައި ދަނީ ޕޯސްޓެއް ދައުރުވަމުންނެވެ. ބެލެވޭ ގޮތުގައި، މި އިންޒާރުތަކަކީ އެންޑީއެމްގެ ރިޕޯޓާ ގުޅިގެން ދެމުންދާ އިންޒާރުތަކެކެވެ.
މަރުގެ އިންޒާރުދިން މައްސަލަ އަދި އެންޑީއެމްގެ ރިޕޯޓުގެ ފުލުހުން ވަނީ ބަލަން ފަށާފައެވެ. ނަމަވެސް، މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވަނީ، މީގެން އެއްވެސް މައްސަލައެއްގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އޭނާ މިހެން ވިދާޅުވެފައިވާއިރު، އެންޑީއެމްގެ މައްސަލަ އަކީ ވެސް ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ މައްސަލައެކެވެ.
ރައީސް ނަޝީދާއި، ސީޕީ އަދި ޝަހިންދާ އަށް މަރުގެ އިންޒާރު ދީފައިވާއިރު، ރައީސް ނަޝީދުގެ އެދުމުގެ މަތިން، އެމަނިކުފާނަށް ދެމުންދާ ސެކިއުރިޓީ ގިންތި، ރައީސުންނަށް ދޭ ސެކިއުރިޓީއާ އެއްވަރަށް މަތިކޮށްފައިވާ ކަމުގެ އަޑު ވަނީ ފެތުރިފައެވެ. ނަމަވެސް، މިކަމާ ގުޅިގެން އެމްއެންޑީއެފުން ވަނީ، ސެކިއުރިޓީއާ ގުޅޭ މައުލޫމާތުތަކަކީ ހިއްސާ ކުރެވޭނެ މައުލޫމާތު ނޫން ކަމަށް ބުނެފައެވެ.
މަރުގެ އިންޒާރުދޭކަމަށް ބުނެ .ސަކިންދާ މައްސަލަނުބަލާން ބަހަނާ ދައްކަނީ. ގާނުނާއި ހލާފަށް އެމް ޑީ އެން ވުޖޫދުގައި ބާއްވައިގެން އުޅެނީ. ރައްޔިތުން ނިކުތުމުގެ ވަގުތު ކައިރިވަމުންދާ ވާހަކަ ދަންނވާލަން. ޖަމްއިއްޔާ އުވާލާފަ ދެން އެމީހުން ގެއަށް ވަންނާނީ. އޭރުން މާހުތުރުވާނެ. އަވަހަށް އުވާލާ