Jumhooree Party bodukohdhen Qasim edhivadaigenfi
މިރޭ ވީޓީން ދެއްކި ޝޯވްގައި ގާސިމް އިބްރާހިމް ވާހަކަ ދައްކަވާ ވީޑިއޯގެ ސްކްރީންޝޮޓެއް

ޖުމްހޫރީ ޕާޓީ ބޮޑުކޮށްދޭން ގާސިމް އެދިވަޑައިގެންފި

18 October 2019, 21:54

ޖުމްހޫރީ ޕާޓީގެ ބޮޑުކޮށްދޭން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ. މިރޭ ވީޓީން ދުރައް ދެއްކި ހާއްސަ ޕްރޮގްރާމެއްގައި ގާސިމް ވަނީ ހުރިހާ ރަށެއްގައި ޖޭޕީގެ ގޮފިތައް ހަދައިދޭން އެދިވަޑައިގެންފައެވެ.

2008 އަދި 2013 ގައި ގާސިމް އިބްރާހިމް ކޭމްޕޭނުގައި ބޭނުން ކުރި ބައެއް ކެމްޕޭން ވީޑިއޯތައްވެސް ހިމަނައިގެން ދުރައް ދައްކަމުން ދިޔަ އެ ޝޯވްގައި ގާސިމް ކުރައްވާފައި ހުރި ބައެއް ކަންކަމުގެ މަންޒަރުތައް ދައްކާފައިވެއެވެ. ގާސިމް ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައި ވަނީ ޖޭޕީއާ ގުޅުމަށެވެ.

ޖޭޕީއަކީ މިހާރު އޮތް ކޯލިޝަން ސަރުކާރުގެ ބައިވެރިއެކެވެ. ނަމަވެސް ޖޭޕީގެ އިސް ސަފުން މިހާރު ފެންނަ އާ މޫނުތަކުގެ ސަބަބުންނާއި، ކޯލިޝަންގެ އެއް ޕާޓުނަރު ކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގާސިމް ފާޑު ވިދާޅުވަމުން ގެންދަވާތީ ގާސިމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ބޭފުޅެކެވެ. އަދި އިންކަމް ޓެކްސްގެ މައްސަލާގައާއި، އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަން ވޭޖު ކަނޑައެޅުމުގެ މައްސަލައިގައި ގާސިމްގެ ހިޔާލު ތަފާތުވެފައި ވުމުން ގިނަ ބަޔަކު ވަނީ އެކަން ފާހަގަ ކޮށް ގާސިމަށް ފާޑު ކިޔާފައެވެ.

ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގައި 3 ވަނަ އަށް އެންމެ ބޮޑު ޕާޓީއެވެ. ރާއްޖޭގެ ފަހުގެ ތާރީހުގައި ބޭއްވި ކޮންމެ ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރުމުގައި ޤާސިމް އިބްރާހިމާއި ޖޭޕީއަކީ މުހިންމު ބައިވެރިއެކެވެ.

2023 ވަނަ އަހަރު ރައީސްކަމަށް ޖޭޕީން ބޭފުޅަކު ނެރޭނެ ކަމަށް ގާސިމު ވަނީ ވިދާޅުވެފައެވެ.

އިތުރު ލިޔުންތައް ސިޔާސީ ޖޭޕީ
މިލިޔުން ކިޔާލުމުން 0% 0% 0% 0%
ޚިޔާލު ފާޅުކުރައްވާ
ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!
ބޯދުބޭ

ބޮޑުކޮށްދީ ފާނަން .ފަހަރުގައި ތަދު އިހްސާސްކުރަންޖެހިދާނެ.

1 month ago