ދިރާގުން އެޕަލްގެ އެންމެ ފަހުގެ އައިފޯނަށް ޕްރީ އޯޑަރު ކުރި ފަރާތްކަށް ފޯން ދޫކޮށްފިއެވެ.

ރޭ 12 ޖެހި އިރު ދިރާގުން ވަނީ، އެޕަލްގެ އައިފޯން 11، އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސް މޮޑެލްގެ ފޯނަށް ޕްރީ އޯޑަރު ކުރި ފަރާތްތަކަށް ފޯނުް ދޫކުރަން ފަށާފައެވެ. ފޯނު ދޫކުރުމުގެ 2 ގަޑިއިރު ކުރިން ދިރާގު ހެޑް އޮފީސް ކުރިމަތީގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ކިއު ދަމާލާފައެވެ.

އެޕަލް އިން އެންމެ ފަހުން ތައާރަފް ކުރި އެ ކުންފުނީގެ މި ފޯނުތަކަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ދިރާގުން ރޭ ދޫކުރި އިރު ދިރާގު ހެޑްކުއާޓާސް ތެރޭ ކަސްޓަމަރުން ކިއު ދަމާލާފައި / ފޮޓޯ: ދިރާގު

އައިފޯން 11 އަދި 11 ޕްރޯގެ މޮޑެލްތަކުގެ ފޯނުތައް ވެސް އެއް އަހަރުދުވަހުގެ އިންސްޓޯލްމަންޓް ޕްލޭނެއްގެ ދަށުން ދިރާގު މެދުވެރިކޮށް ގަނެވެ އެވެ.

އައިފޯން 11 ގެ ފޯނުތައް އިންސްޓޯލްމަންޓަށް ދޫކުރާ އަގުތައް:

  • 64 ޖީބީ މޮޑެލްއަށް - ޑައުންޕޭމަންޓު 2999 ރުފިޔާ އަދި ކޮންމެ މަހަކު ދައްކަން ޖެހެނީ، 1،089 ރުފިޔާއެވެ.
  • 128 ޖީބީ މޮޑެލްއަށް ޑައުންޕޭމަންޓު 2999 ރުފިޔާ އަދި ކޮންމެ މަހަކު ދައްކަން ޖެހެނީ 1،179 ރުފިޔާއެވެ.

އައިފޯން 11 ޕްރޯ ގެ ފޯނުތައް އިންސްޓޯލްމަންޓަށް ދޫކުރާ އަގުތައް:

  • 64 ޖީބީ މޮޑެލްއަށް - ޑައުންޕޭމަންޓު 2999 ރުފިޔާ އަދި ކޮންމެ މަހަކު ދައްކަން ޖެހެނީ، 1659 ރުފިޔާއެވެ.
  • 128 ޖީބީ މޮޑެލްއަށް ޑައުންޕޭމަންޓު 2999 ރުފިޔާ އަދި ކޮންމެ މަހަކު ދައްކަން ޖެހެނީ 1939 ރުފިޔާއެވެ.
  • 512 ޖީބީ މޮޑެލްއަށް ޑައުންޕޭމަންޓު 3999 ރުފިޔާ އަދި ކޮންމެ މަހަކު ދައްކަން ޖެހެނީ 2229 ރުފިޔާއެވެ.

އައިފޯން 11 ޕްރޯ މެކްސްގެ ފޯނުތައް އިންސްޓޯލްމަންޓަށް ދޫކުރާ އަގުތައް:

  • 64 ޖީބީ މޮޑެލްއަށް - ޑައުންޕޭމަންޓު 3999 ރުފިޔާ އަދި ކޮންމެ މަހަކު ދައްކަން ޖެހެނީ، 1769 ރުފިޔާއެވެ.
  • 128 ޖީބީ މޮޑެލްއަށް ޑައުންޕޭމަންޓު 3999 ރުފިޔާ އަދި ކޮންމެ މަހަކު ދައްކަން ޖެހެނީ 2059 ރުފިޔާއެވެ.
  • 512 ޖީބީ މޮޑެލްއަށް ޑައުންޕޭމަންޓު 3999 ރުފިޔާ އަދި ކޮންމެ މަހަކު ދައްކަން ޖެހެނީ 2429 ރުފިޔާއެވެ.

ދިރާގުން ބުނީ، މިއިން ކޮންމެ ފޯނެއް އިންސްޓޯލްމަންޓަށް ނެގިޔަސް، ފުރަތަމަ ހަ މަސްދުވަހު ތެރޭ ކޮންމެ މަހަކު ހިލޭ 5 ޖީބީގެ ޑޭޓާ ލިބޭނެ ކަމަށެވެ.