ބަންގްލަދޭޝް މީހަކު ރަހީނު ކޮށްގެން އެމީހާގެ އަތުން ފައިސާތަކެއް ފޭރިގަންނަން މަސައްކަތް ކުރަމުން ދިޔަ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުވެސް ކުރީ ބަންގްލަދޭޝް ދެ މީހެކެވެ.

ފުލުހުން ބުނީ މާފަންނުގައި ހުންނަ ބިދޭސީން ދިރިއުޅޭ ގެއެއްގައި ބަންގްލަދޭޝް މީހަކު ރަހީނުކޮށް، އޭނާ އަތުން ފައިސާ ހޯދަން އުޅޭ ކަމުގެ މައުލޫމާތު މިއަދު 17:14 އެހާކަށް ހާއިރު ފުލުހުންނަށް ލިބުމާ ގުޅިގެން ފުލުހުން އެގެއަށް ގޮސް އެމީހާ ސަލާމަތް ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ބަންގްލަދޭޝް މީހަކު ރަހީނު ކޮށްގެން ފައިސާތަކެއް ފޭރިގަންނަން މަސައްކަތް ކުރި ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފައި ވާއިރު ދާދިފަހުންވެސް ބަންގްލަދޭޝް މީހަކު ރަހީނު ކުރި މައްސަލައެއް ވަނީ ފެންމަތި ވެފައެވެ.