ކެފޭ އެއްގެ ބަދިގޭގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، މާވެޔޮމަގުގައި ހުރި ރޯޅި ކެފޭގެ ބަދިގޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެ އަލިފާންގަނޑު ނިއްވާލާފައިވާކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށެވެ.

މި މައްސަލަ އެމްއެންޑީއެފް އެފްއާރުއެސް އަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި ބަދިގޭގައި ރޯވެފައިވާ އަލިފާންގަނޑު އެފްއާރުއެސްގެ ފަޔާމަނުން ކުރި މަސައްކަތުން ނިއްވާލާފައިވަނީ 10:13 ގައި ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި ހާދިސާގައި އެ ކެފޭގެ ބަދިގެއަށް އެކިވަރުގެ ގެއްލުންތައް ލިބިފައި ވާއިރު، ބަދިގޭގައި ހުރި ކަބަޑު ބަރިތަކާއި އެހެނިހެން ހިފާ ގެންގުޅޭތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށްވެސް ވަނީ ބުނެފައެވެ.

މި ފަހަކަށް އައިސް މާލޭގައި އަލިފާނުގެ ހާދިސާތަށް ހިނގުން ވަނީ ގިނަވެފައެވެ.