އައްޑޫއަށް ކުރަމުންދާ ވިއްސާރާގައި، ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އައްޑޫގެ ރައްޔިތުންނަށް އެހީވުމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީ (އޭޑީސީ) އިން ގޮވާލައިފިއެވެ.
އޭޑީސީން ބުނީ، ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން އައްޑޫގައި ފެންބޮޑުވެ ގިނައަދަދެއްގެ ގެތަކަށް ގެއްލުން ލިބިފައިވާތީ އައްޑޫގެ ރައްޔިތުންގެ ޝުއޫރުތަށް އެނގި އިހްސާސްތަކުގައި ބައިވެރިވާ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި އައްޑޫގެ ވީހާވެސް ގިނަ ރައްޔިތުންނަށް އެހީވުމަކީ އެ ޖަމިއްޔާގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
މީގެ އިތުރުން ބުނެފައި ވަނީ ކުރިއަށް އޮތް ތަނުގައި އެފަދަ ހާދިސާތަކުން ރައްކާތެރިވެ ލިބިދާނެ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރުމަކީ މުހިންމުކަމެއް ކަމުގައި ދެކޭ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިކަންތައް ވަރަށް ގާތުން ބައްލަވަމުން ދާކަމަށާއި މި ކަންތަށް ހައްލުކޮށްދިނުމަށް ސިފައިންނާއި، ފުލުހުނަނާއި، ސިޓީ ކައުންސިލުންނާއި، އައްޑޫގެ ކުދި ބޮޑު ޒުވާނުން މަސައްކަތް ކޮށްދައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.
އޭޑީސީއަކީ 2012 ވަނަ އަހަރުން ފެށިގެން އައްޑޫގެ ތަރައްގީއަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާއެކެވެ.
އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި 140 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެގެން ފުލުހުންނާއި ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، އައްޑޫ ސިޓީގެ މޭޔަރު ސޯދިގަށް ފޯނުން ގުޅުއްވާ ރައްޔިތުންގެ ހާލު ބައްލަވާލާފައެވެ. މީގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ވިއްސާރައިގައި އައްޑޫ ރައްޔިތުންނަށް ލިބުނު ގެއްލުން ބައްލަވައި ލެއްވުމަށް އިއްޔެ އައްޑޫ އަށްވަޑައިގެންފައެވެ. އެގުރުން އައްޑޫގެ ގެތަކުގެ ތެރެއިން ފެން ވަދެ ގެތަކަށް ލިބިފައި ވާ ގެއްލުން ބައްލަބވައި ލައްވާ އެ ރައްޔިތުނަނާއި މާރިޔާ ބައްދަލު ކުރެއްވިއެވެ.
އަހަރެމެން ގެޔަކަަަށް ނުދޭ ޑިފެންސު މިނިސްޓަރެއް