ހުޅުމާލެއަކީ ހަމައެކަނި މާލެ މީހުންގެ ތަނެއް ނޫން ކަމަށާއި އެތަނަކީ ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އަތުން ނަގާ ޓެކްހުން ތަރައްގީ ކޮށްފައިވާ ތަނެއް ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާލުވެއްޖެއެވެ.
ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ބިމުގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުން ކަމަށާއި، ހުޅުމާލެއަކީވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން ބިނާކޮށްފައިވާ ސިޓީއެއް ކަމަށެވެ. މީގެ އިތުރުން، މާލޭގެ ރައްޔިތުން އަތޮޅުތެރޭގެ ރައްޔިތުން ނިކަމެތިކޮށް ތަފާތު ކުރަމުންދާ ނަމަ ދެކުނުގެ ރައްޔިތުން ވަކި ސަރުކާރެއް ހަދަން ނުޖެހޭނެ ސަބަބެއް ނެތް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މި ތަފާތު ކުރުން ހުއްޓުމަށް އޭނާ ވަނީ ގޮވާލައްވާފައެެވެ.
ސައުދު މިހެން ވިދާލުވެފައި ވަނީ މިިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. ބޮންޑޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ "ރާއްޖެތެރޭގެ" މެންބަރުން ހުޅުމާލެ އިން ގޯތި ހޯއްދަވަން ނޫޅުއްވުމަށާއި ހުޅުމާލޭގެ ބިމަކީ މާލޭގެ ރައްޔިތުންނަށް ހައްގު ބިމެއް ކަމަށެވެ.
ބޮންޑޭ ވިދާޅުވެފައި ވަނީ ހުޅުމާލެއަށް ވަޒަންވެރި ވާން ޖެހޭނީ އެ ސަރަހައްދުގައި އެންމެ ގިނަ ދުވަހު އުޅުނު މީހުން ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދަފްތަރެއް ހަދާފައި އެ ދަފްތަރުގައި ޖައްސާ މީހުންނަށް ހުޅުމާލެއިން ގޯތި ދެވޭ އުސޫލަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
މި މޭރުމުން ބޮންޑޭ ވާހަކަ ދެއްކެވުމުން އެކަމާ ގުޅޭ ގޮތުން އާންމުންގެ ބޮޑެތި ފާޑު ކިޔުންތަކެއް އޭނާއަށް އަމާޒުވިއެވެ. ބައެއް މީހުން ބުނަމުން ދަނީ ބޮނޑް ދެއްކި ވާހަކައަކީ އަތޮޅުތެރޭ ރައްޔިތުން ނިކަމެތިކޮށްލުމަށް ދެކެވުނު ވާހަކަތަކެއް ގޮތަށެވެ.
ހުޅުމާލެ ބަލަ އެއީ މާލޭގެ އަވަށެއް. ޢެހެންވީމަ އެއީ މާލެ މީހުންގެ ތަނެއް
ކޮން އަތޮޅު ތެރެއެއް، މާލައެއް ފޯކައިދޫއެއް! ކިޔާބަލަ ދިވެހީންނޭ. މަމީ ދެކުނު މީހެއް. އަހަރަމެން ވަކިސަރުކާރެއް ނަހަދާނަން. ސައުދުމެންގެ ބަހަށް ހެއްލިގެން ވަކި ސަރުކާރެއް ހެދިޔަކަވެސް ނުދޭނަން.