ފަރުދާގެ ފުރަގަހުގައި ފޮރުވިގެން ތިބެ، ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ ނަގަމުންދާ ބަޔަކު އުޅޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށް ދިޔަ "ގަލްފް އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން - ޖައިޓެކްސް" ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވެފައި ވަނީ، ސަލާމަތީގޮތުން ތަފާތު ގޮންޖެހުންތައް ކުރިމަތި ވެފައިވާ މި ޒަމާނުގައި، ފަރުދާގެ ފުރަގަހުގައި ފޮރުވިގެން ތިބެ، ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ ނަގަމުންދާ މަދު ބަޔަކު އުޅެމުންދާ ކަމަށެވެ

21 ވަނަ ގަރުނުގައި ސަލާމަތީ ނިޒާމާއި، ތައުލީމާއި ޓެކްނޮލޮޖީއާ ދެމެދު އޮތް ގުޅުމުގެ މައްޗައް ވާހަކަ ދައްކަވާފައި ވާއިރު، އީ ގަވަމަންޓް ނުވަތަ އިންޓަނެޓް މެދުވެރިކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން، އިންސާފުވެރި ކަމާއެކީ އަދި ދެފުށް ފެންނަގޮތަށް، ދައުލަތުން ހިދުމަތް ފޯރުވައި ދިނުމަށް، ޔޫއޭއީގެ ސަރުކާރުން ފަރުމާކޮށްފައިވާ ޓެކްނޮލޮޖީތައް މާރިޔާ ފާހަގަކުރެއްވިއެވެ.