ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް، މިރޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

މިރޭ ޖޭޕީ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޖޭޕީއަށް ސޮއި ކުރައްވާ، އޭނާ ވަނީ ޕާޓީގެ މެންބާޝިޕް ފޯމް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ ހަވާލު ކޮށްފައެވެ. ވައްޑެގެ އިތުރުން، 300 މީހަކު ވެސް ވަނީ މިރޭ ޖޭޕީއާ ގުޅި، މެންބާޝިޕް ފޯމް ގާސިމާ ހަވާލު ކޮށްފައެވެ. ވައްޑެގެ އިތުރުން ޖޭޕީއާ ގުޅިފަިއވާ 3000 މީހުންނަކީ ވެސް ތުލުސްދޫ ދާއިރާގެ މީހުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވައްޑެ ވަނީ، ގާސިމަށް ތައުރީފުކޮށް، އޭނާ އަކީ ގައުމުގެ ވެރިކަން ކުރަން އެންމެ ރަނގަޅު ލީޑަރު ކަމަށް ވިދާޅުވެފައެވެ. އަދި ޖޭޕީގެ ޓީމާއެކު އޭނާވެސް މަސައްކަތް ކުރައްވާނީ އެ މަގުން ކަމަށް ވައްޑެ ވިދާޅުވިއެވެ.

ވަހީދަކީ ކުރިން ރައީސް މައުމޫންގެ އަރިހުގައި ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ވައްޑެ ވަނީ ގާނޫނީ ދާއިރާ އިން ޕީއެޗްޑީ އަށް ކިޔަވާ ވިދާޅުވަމުން ގެންދަވާ ވައްޑެ ވަނީ، އެ ދާއިރާއިންމާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ.

ވައްޑެ ޖޭޕީއާ ގުޅިވަޑައިގެންފައިވާއިރު، 18 ވަނަ މަޖިލީހުގެ ބައެއް މެންބަރުންނާއި، ޕީޕީއެމްގެ އިސް ސަފުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުން ވަނީ ދާދި ފަހުން ޖޭޕީއަށް ގުޅިވަޑައިގެންފައެވެ. އޭގެ ތެރޭގައި ކުރީގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު، އިގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ފަލާހު އަދި ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފްގެ އިތުރުން ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ހިމެނެއެވެ.