ފޮޓޯ ތަކެއް ލީކްކޮށްލާނެ ކަމަށް ބުނެ ބިރުދައްކައިގެން މާލޭގައި އަންހެނަކާއެކު ގަދަކަމުން ބަދު އަހްލާގީ އަމަލު ހިންގި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެ އަންހެން މީހާއާ ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގީ ފޮޓޯތަކެއް ލީކު ކޮށްލާނެ ކަމަށް ބުނެ ކަމަށެވެ. އެ މީހާ ހައްޔަރު ކުރީ ރޭ މާފަންނު ފުލުހުން ކަމަށް ވެސް އެ ޓްވީޓްގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ، 19 އަހަރުގެ ދިވެހި އަންހެންކާއެކު ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގީ 22 އަހަރުގެ ދިވެހި ފިރިހެނެއްް ކަމަށެވެ. އެ ފިރިރހެންމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރޭ 2:15 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.