މިއަދު ސޯޝަލް މީޑިއާގައި މީހަކަު ޕާރުސަލެއް މޫދަށް އެއްލާލައި ވީޑިއޯއެއް ވަނީ އާންމުވެފައެވެ.

މި ވީޑިއޯ އިން ފެންނަނީ ކަޅު ޖިލްބާބެއްގައި މޫނު ނިވާކޮށްފައިވާ މީހަކު މޫދު ކައިރިއަށް ގޮސް އޭނާގެ އަތުގައި އޮތް އެއްޗެއް މޫދަށް އެއްލާލައި މަންޒަރެވެ. މި މަންޒަރު ދުށް މީހަކު ބުނެފައި ވަނީ، އެއީ ވިލިނގިލީ މޫދު ކައިރީ ހުއްޓާ ފެނުނު މަންޒަރެއް ކަމަށެވެ. އަދި އެ މީހާ ކުއްޖެއްހެން އުރައިގެން ގޮސް އެ އެއްޗެއް ބޮލާ ހަމައަށް ނަގާ ނިތްކުރީގައި ޖައްސާފައި މޫދަށް އެއްލައިލި ކަމަށެވެ.

"މިއަދު ވިލިނގިލީ މޫދު ކައިރީގައި ތިއްބާ މީހަކު ކުއްޖެއްހެން އުރައިގެން އައިއްސަ ބޮލާ ހަމައަށް އެ ނަގާ ނިތްކުރީގައި ޖައްސާފައި މޫދަށް އެއްލައިލީ"
މަންޒަރު ދުށް މީހަކު

އެ ވީޑިއޯގައި އެ މީހާ އެއްލާލަނީ ކޮން އެއްޗެއް ކަމާ މެދު އެތައް ސުވާލުތަކެއް އުފެދިފައި ވަނިކޮށް ފުލުހުން ބުނީ، މޫދަށް އެއްލާލި ޕާރުސަލް ފުލުހުން ނަގާ ބެލި އިރު އޭގާއި ވަނީ ސްކޫލް އިސްލާމް ފޮތަކާއި ދިވެހި ކަލަންޑަރު ފަދަ ތަކެތި ކަމަށެވެ.

އަންހެނަކު މޫދަށް އެއްލާލި ޕާރުސަލުގައި ހުރި ތަކެތި/ ފޮޓޯ: ޕޮލިސް

އަދި ބޮޑަށް ބެލެވެނީ އެ ތަކެތި މޫދަށް އެއްލާލައިފައި ވަނީ ޤުރުއާނުގެ އާޔަތްތައް ހުރުމުން އެ ނައްތާލުމުގެ ނިޔަތުގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.