ދައުލަތުން އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި، އެމަނިކުފާނާ ދެކޮޅަށް ހުށަހެޅި ހެކިވެރިންގެ ހެކިބަސް މިހާރު ވަނީ ނިންމާލާފައެވެ. ޔާމީނާ ދެކޮަޅަށް ދައުލަތުން ވަނީ އަށް ހެއްކެއް ހުށަހަޅާފައެވެ. ނަމަވެސް ދައުލަތުން ހުށަހެޅި ހަސަން ލުތުފީގެ ހެކިބަސް އަދިވެސް ނުނެގެއެވެ. ލުތުފީގެ ހެކިބަސް ނުނެގުނީ ދޮގު ހެކިދޭން މަޖުބޫރުކޮށްފައިވާ ކަމަށް ބުނެ ހެކިބަސް ދިނުމަށް އުޒުރުވެރި ވުމުންނެވެ.

މި ޝަރީއަތުގެ ހަތަރުވަނަ އަޑުއެހުން ނިންމާލަމުން ގާޒީ ހައިލަމް ވަނީ ދެން އޮންނަ ޝަރީއަތުގެ އަޑުއެހުމެއްގައި ލުތުފީގެ ވީޑިއޯ އިންޓަވިއުއާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޔާމީން ހުށަހަޅުއްވާފައިވާ ހެކިވެރިންގެ ހެކިބަހާއި ޝަރީއަތަށް ހުށަހެޅިފައިވާ ކިތާބީ ހެކިތަކާ ގުޅޭ ގޮތުން ދެ ފަރާތަށް ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާނެ ކަމަށް ގާޒީވަނީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވިދާޅުވެފައެވެ.

އިތުރަށް ވިދާޅުވޭ...