އަބަދަށްފެހި މަގުގައި ހުރި ހ. އާބާދުގޭގައި އަލިފާން ރޯވުމުގެ ސަބަބުން އެ ގެ ވެއްޓި އިތުރު ގެއެއް އަރި އަޅާލައިލިއެވެ.

ހ. އާބާދުގޭގައި އަލިފާން ރޯވީ ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެންކަން ވަނީ އެނގިފައެވެ. އަދި މި ހާދިސާގައި އަލިފާންގަނޑު ފެތުރި އިތުރު ހަތް ގެއަކަށް އަލިފާންގަނޑު ފެތުރުނެވެ. މިހާދިސާގައި ދުމުގެ އަސަރުކުރި 100 މީހުން މިހާރު ވަގުތީ ހިޔާއަށް ގެންގޮސްފައެވެ.

މި ހާދިސާގައި ބައެއް މީހުންނަށް އައިޖީއެމްޗު އަދި އޭޑީކޭގައި ފަރުވާ ދެމުން އަންނައިރި އެ ސަރަހައްދުގައި ދުން ބޯވެފައި ވާތީ، އެ ސަރަހައްދުގައި ހަރަކާތްތެރިވާ މީހުންނާއި އަދި އެހެން އާންމު ރައްޔިތުންވެސް މާސްކު އަޅައިގެން އުޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އިލްތިމާސް ކޮށްފައެވެ.