ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައީސް ކަނޑައަޅާ ޓެރަރިސްޓް ޖަމާއަތްތުގެ ލިސްޓް އާންމުކޮށްފިއެވެ.
ރައީސް ކަނޑައަޅުއްވާ ޓެރަރިސްޓް ޖަމާޢަތްތައް ކަމަށް ބެލެވޭ ޖަމާޢަތްތަކުގެ ލިސްޓު، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ އިރުޝާދާއެކު ސިފައިން ބަލަހައްޓަންވާނެކަމަށް ކަނޑައަޅައިފައިވެއެވެ. އެހެންކަމުން، ރައީސް އެކުލަވާލައްވައިފައިވާ ލިސްޓު، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ ލަފަޔާއެކު އާންމުކުރުމަށް ރައީސް ނިންމެވުމާ ގުޅިގެން، ޓެރަރިސްޓް ޖަމާޢަތްތައް ކަމަށް ބެލެވޭ ޖަމާޢަތްތަކުގެ ލިސްޓު އާންމުކޮށް އަންގައި ދާދި ދެންމެއަކު ވަނީ އިޢުލާންކޮށްފައެވެ.
އެ ޖަމާޢަތްތަކަކީ،
- އިސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)
- އަލް ޤައިދާ
- ޖަބްޙަތުއް ނުޞްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
- ލަޝްކަރޭ ޠައިބާ
- އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ
- އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް
- އަބޫ ސައްޔާފް ގްރޫޕްބޮކޮ ހަރަމް/ ބޯކޯ ހަރަމް
- އަލް ޝަބާބް
- އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
- ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)
- ޙަރަކާތުލް ޖިހާދު އަލް އިސްލާމީ
- ޖައިޝޭ މުޙައްމަދު
- އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)
- ނޭޝަނަލް ތައުޙީދް ޖަމާޢަތް
- ޖަމާޢަތު މިއްލަތޭ އިބްރާހީމް
- ވިލާޔަތް އަލް ސޭލާނީ
ދާދިފަހުން ސަރުކާރުން ވަނީ ޓެރަރިޒަމްގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް މަޖިލީހަށް ބިލް ފޮނުވާފައެވެ. އަދި މަޖިލީހުން ގެންދަނީ ދައުރުން ބޭރުގައި ޖަލްސާތައް ބާއްވާ އެ ބިލުގެ މަސައްކަތް ކުރަމުންނެވެ.
ޅިސްޓު ގޯހެއްނޫން. ޢެކަމު އެންމެ ބޮޑު ޓެރަރިސްޓު ޖަމާޢަތަކީ އިޒްރޭލް