ގުޅީފަޅު އަދި މާލޭ ހުޅަނގު އުތުރު ފަރާތު ބަނދަރު ސަރަހަައްދު ތަރައްގީކުރުމުގެ މާސްޓާ ޕްލޭން ފަރުމާކުރުމަށް ސިންގަޕޫރު ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީ އިން ބުނީ ސިންގަޕޫޫރުގެ އެޗްކިޔު ކުންފުންޏާ މި މަސައްކަތް އިއްޔެ ހަވާލުކޮށްފައިވާ ކަމަށެވެ. މަސައްކަތުގެ އަގަކީ 650،000 ޑޮލަރު ކަމަށް ކަނޑައަޅާފައިވާއިރު، މި ޕްލޭންގެ މަސައްކަތް އަށް މަސް ތެރޭ ނިންމާލެވޭނެ ކަމަށް ވެސް ޕްލޭނިން އިން ބުނެއެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ ސިންގަޕޫރުގައި ހުންނަ ދިވެހި އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ސިންގަޕޫރުގައި ހުންނަ ދިވެހި އެމްބަސީގައި ސޮއެކުރެވުނު މި އެއްބަސްވުމުން އެކުލަވާ ޕްލޭންގެ ވާސިތާއިން އިމްޕޯޓު މުދާ އަރުވާ ބޭލުމުގެ ކާރޫބާރޫއިން މާލެ ސަލާމަތް ކުރެވި، ގުދަންކުރުން ފަދަ ކަންކަން ގުޅީފަޅަށް ބަދަލުކުރެވި، ހުސް އަދި ހިތްފަސޭހަ ޖާގަ މާލޭގައި އިތުރުކުރެވޭނެ ކަމަށެވެ.

ގުޅީފަޅު އަދި މާލޭ ހުޅަނގު އުތުރު ބަނދަރު ތަރައްގީކުރުމަށް ސިންގަޕޫރު ކުންފުންޏަކާ ހަވާލުކޮށްފި

ގުޅީފަޅުގައި ބައިނަލްއަގްވާމީ ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތް ވަނީ އެއް މިލިއަން ޑޮލަރަށް ޑެންމާކުގެ ނީރާސް ކުންފުންޏާއި ހޮލެންޑުގެ މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަންސް (އެމްޓީބީއެސް) ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކާއި ދިވެހި ތިން ކުންފުންޏާ ހަވާލުކޮށްފައެވެ.