މަސްވެރިން ބާނާ މަސް ނުކިރިގެން މަސްވެރިން ޝަކުވާ ކުރަން ފަށައިފިއެވެ.

ދިވެހި މަސްވެރިންގެ ވާހަކަތައް ހިއްސާ ކުރާ ޒުވާން މަސްވެރިޔާގެ ބުނެފައިވަނީ މަސްވެރިން ބާނާ މަސް ނުކިރިގެން މަސްވެރިންނަށް މަހަށްވެސް އަދި އެމަށްވެސް ނުދެވިފައިވާ ކަމަށެވެ. އަދި މިއީ ކޮންމެ އަހަރަކުވެސް މަސްވެރިން އުޅެން ޖެހޭ ހާލުކަން ފާހަގަ ކުރަމުން އިތުރަށް ބުނެފައި ވަނީ ފުލުފުލުގައި ރިސޯޓުތައް ހަދަން ފަޅުރަށްތައް ދޫކުރެވޭ އިރު މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް އެއްވެސް ސަރުކާރަކަށް ނުހެދޭ ކަމަށެވެ.

މި ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން އިތުރަށް ބުނެފައިވަނީ މަސްވެރިން ބާނާ މަސް ކޮޅު ނުކުރިގެން މިއަދު މަސްވެރިން ހަދާނެ ގޮތް ހުސްވެފައިވާ ކަމަށެވެ. ކުރިއަށް ތިން ދުވަހުވެސް މަސް ކިރާ ކުންފުންޏެއް ކަމަށްވާ އެންސިސް ގްރޫޕް އޮތީ ފުލްކޮށް ކަމަށެވެ. މިފްކޯ އޮތީ ކުރިއަށް އޮތް ފަސް ދުވަހުވެސް ފުލްކޮށް ކަމަށާއި މާންދޫ ފިޝަރީޒް ކޮމްޕެލްކްސް އޮތީ މަރުވެފައި ކަމަށްވެސް ބުނެފައިވެއެވެ. އަދި މަސްވެރިން އިތުރަށް ދެން ހަދަންވީ ކިހިނެއްތޯވެސް މި މަސްވެރިޔާ ވަނީ ސުވާލު ކޮށްފައެވެ.

މި ދުވަސްވަރަކީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވެފައިވާ ދުވަސްވަރެކެވެ. ސަރުކާރު މަސް ކުންފުނި މިފްކޯއިން ބުނެފައި ވަނީ މަހުގެ އަގު ދަށްވެފައި ވީނަމަވެސް މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ.

ނަމަވެސް ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވަރަށް ބޮޑަށް ދަށްވެފައި ވާތީ، މަސް ބޭރު ނުކުރެވުމާ ގުޅިގެން ހޮރައިޒަން، މާންދޫއަށް މަސް ގަންނަ މިންވަރު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެ ކުންފުނިތަކުން ވަނީ ބުނެފައެވެ.