ސަރުކާރުގެ ނާގަބިލުކަމުގެ ޝިކާރައަކަށް ޅަ ދަރިން ނުހެދުމަށް ކުރީގެ ހައުސިން މިނިސްޓާރު ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ސަރުކާރުގެ ނާގަބިލުކަމުގެ ޝިކާރައަކަށްވެ، އެކަމުގެ ދެރަ ލިބޭ ބަޔަކީ ގައުމުގެ ޅަ ދަރިން ކަމުގައި ނުހެދުމަށް އެދި މުއިއްޒު ގޮވާލެއްވީ، ގދ. ފަރެސްމާތޮޑާ ހުވަދޫ ސުކޫލުގެ ދަރިވަރުންގެ ނާސްތާއިން ފުޅަ ފެނުނު މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. ދަރިވަރުންގެ ނާސްތާއިން ފުޅަ ފެނުނު ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ވެފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ދަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
މުއިއްޒު މި މޭރުމުން ވިދާޅުވެފައި ވާއިރު، އޭނާ ވަނީ މީގެ ކުރިން ވެސް ނާސްތާ ޕްރޮގްރާމާ މެދު ހިތް ހަމަނުޖެހުން ފާޅުކުރައްވާފައެވެ. އެގޮތުން، މި ޕްރޮގްރާމް ފެށި އިރު، ނާސްތާ އަށް ތައްޔާރު ކުރާ ކާނާ، ތައްޔާރު ކުރަން ބޭނުންކުރާ ތަކެތި، ތައްޔާރު ކުރާ ގޮތް، ތަން އަދި ނާސްތާ ތައްޔަރު ކޮށްގެން ދަރިވަރުންނާ ހަމައަށް ގެންދާ ގޮތުގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމް ކޮށްފައި ނުވާ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. އަދި މިކަންކަން އިސްލާހު ކުރުމަށް ވެސް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.
ސްކޫލް ދަރިވަރުންނަށް ހެދުނުގެ ނާސްތާ ސްކޫލުން ފޯރުކޮށްދޭ، މި ޕްރޮގްރާމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އިސްނެގުމުގެ މަތިން މިއަހަރުގެ ފުރަތަމަ ޓާމުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރަމެކެވެ. މި ޕްރޮގްރާމާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، ނާސްތާ ޕްރޮގްރާމުން ފައިދާވެގެންދާނީ ހަމައެކަނި ދަރިވަރުންނަށް ނޫން ކަމަށާއި މިއީ ރަށްރަށާއި މުޅި މުޖްތަމައަށް ނުހަނު ފައިދާ ލިބޭނޭ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން، ނާސްތާ ޕްރޮގްރާމަކީ ރާއްޖޭގެ އިގްތިސާދަށްވެސް ހުޅުވިގެން ދިޔަ ފަހި ދޮރެއް ކަމަށާއި ކުދި ވިޔަފާރިތައް ކުރިއަރައި ފައިސާ ދައުރުވާ މިންވަރު އިތުރުވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މުޢީޒު 460 އެމްރާރުޑީސީގެ މުވައްޒަފުން ނިކަމެތި ކޮށްފާ ކޮން އަގައެށްތޯ ތިތަޅަނީ އެއީ މިނިސްޓުރީ މީހުންގެ ކަމެށްތޯ އެެއެއްޗެހި ހަދާ މީހުން ފަރުވާ ކުޑަކަމެއް ނޫތޯ މުޢިޒު މިނިސްޓަރު ކަމުގަ ނޫތޯ 03 އަހަރު އިތުރު ކުރި މޮމޯނެ ރުނީ މުޢީޒު ނޫތޯ އެއަށް އަމަލު ނުކުރީ ހަމަ ތިމުޢީޒު ނޫތޯ މުޢީޒު ފޮނުވިމެސެޖުތަށް އަޅުގަޑު އަތުގަ އެބަހުރީ ހާދަ ގޮތެށްވެސް ނެތް މީހެކޭ.