ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާ އެކު އދ. އަތޮޅަށް ފުރައިވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ފަހު، ރައީސް ޔާމީން ކުރައްވާ ފުރަތަމަ ދަތުރުފުޅަށް އެމަނިކުފާނު ފުރައިވަޑައިގެންނެވީ، ސަރުކާރު ޖަބާވު ދާރީކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދަތުރު ފެއްޓެވެމުގެ ކުރިން ނޫސްވެރިނަށް މައުލޫމާތުދެއްވަމުން އެމަނިކުފާނު ވަނީ، ސަރުކާރު ޒިންމާދާރު ކުރުވުމަށް އިދިކޮޅުގައި ތިބި ހަމައެކަނި ބަޔަކީ، ޕީޕީއެމް ކަން މިހާރު ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

އދ. މަހިބަދޫ، ކުނބުރުދޫ އަދި ދަނގެއްޗަށް ރައީސް ޔާމީން ފެއްޓެވި މި ދަތުރުފުޅަކީ، ސަރުކާރު ޒިންމާދާރު ކުރުމުގެ އިތުރުން، ޕާޓީ ވަރުގަދަ ކުރުމަށާއި، ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު ވިދާޅުވީ، މި ދަތުރުފުޅު ނިންމަވާ ލެއްވުމަށް ފަހު، އަންނަ ހަފްތާގައި އެހެން އަތޮޅުތަކަށް ދަތުރު ކުރައްވާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކެމްޕޭން ދަތުރުފުޅެއްގައި އދ. އަތޮޅަށް / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ރައީސް ޔާމީންގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޑައިގަންނަވާ ޑރ. ޖަމީލު ވިދާޅުވީ، އޭނާ މިހާރު ހުންނެވީ އިދިކޮޅު ކޯލިޝަނާއެކު ކަމަށެވެ.

މިއަދު ރާއްޖޭގެ އިގްތިސޯދު ދަނީ ރަނގަޅަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާ، ރާއްޖޭގެ ރައްޔިތުންް ވަރަށް ބޮޑަށް ފަގީރު ވެއްޖެ ކަަމަށް ވިދާޅުވެ ޑރ. ޖަމީލް ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ޑރ. ޖަމީލް ވިދާޅުވީ، ރާއްޖޭގައި އެވެސް ކަހަލަ ޕްރޮޖެކްޓެއް ނުހިނގާ ކަމަށާ، ރާއްޖޭގެ ގާނޫނުތަކާއި ރާއްޖޭގައި ހިނގާ އެހެން ކަންތައްތަކަަށް ބެލި ނަމަވެސް ރައްޔިތުންނަށް ގޮތެއް ވެފައި ނެތް ކަމަށެވެ. އަދި ވަކި ގޮތަކަށް ކަންތައްތައް ބައްޓަން ކުރަމުންދާތަން ފެނި ވަޑައިގަންނަވާ ކަމަށާ، އެކަންތައް ހުއްޓުވުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ކެމްޕޭން ދަތުރުފުޅެއްގައި އދ. އަތޮޅަށް / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ޑރ. ޖަމީލް އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެންފައި ވާއިރު، އޭނާއަކީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރެވެ. އަދި މިއަދު އޭނާ ރައީސް ޔާމީނާ އެކު ފެއްޓެވި ދަތުރުފުޅަކީ، ޖުމްހޫރީ ޕާޓީއަށް އެނގިގެން ކުރައްވާ ދަތުރުފުޅެއް ނޫންކަމަށް އެޕާޓީން ބުނެއެވެ. ޖަމީލާ މެދު ވަކި ގޮތަކަށް ކަން ކުރުމަށް ޖޭޕީން ނިންމާފައި ނުވާއިރު، މިއީ، އެ ޕާޓީގެ އުސޫލުތައް އޮންނަ ގޮތުން މެންބަރުންނަށް ސުލޫކީ މައްސަލަ ވެސް ހުށަހެޅޭނެ ކަމެއް ކަމަށް އެ ޕާޓީން ބުނެއެވެ.