އީސްޓް އިންޑިއާ ކޮމްޕެނީން ފޭރިގަތް ބިންތަކަށްވުރެ ގިނަ ބިން ޗައިނާއިން ފޭރިގަނެފައިވާ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
އިންޑިއަން އޯޝަން ކޮންފަރެންސްގައި ތަގުރީރު ކުރައްވަމުން ނަޝީދު ވިދާޅުވި މުޅި ޗާއިނާއިން ރާއްޖެ ދަރަނިވެރި ކޮށްލާފައިވާ ކަމަށެވެ. ނަޝީދު ވަނީ ޗައިނާއިން ލޯނު ދެމުން ގެންދާ ގޮތަށްވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ލޯނު އަނބުރާ ދެއްކޭ ގޮތް ނުވެއްޖެ ނަމަ ޗައިނާއިން އިކުއިޓީއަށް އެދޭ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ޗައިނާއިން އެދޭ އިކިއުޓީއާ އެކު ގައުމުގެ ސިޔާދަތުވެސް ދޫކޮށްލަން މަޖުބޫރު ވެގެންދާ ކަމަށެވެ. ނަޝީދު ވަނީ ޗައިނާގެ އެ ދަންތުރާގައި ރާއްޖެވެސް ޖެއްސި ކަމަށް ވިދާޅުވެ އެކަމަކީ މި ސަރުކާރުން ކަންބޮޑުވާ ކަމެއް ކަމަށްވެސް ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވީ ޗައިނާގެ އިންވެސްޓަރުން ރާއްޖެ ގެންނައިރު ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ނަޝީދު ވަނީ މުސްތުގަބުލުގައި ރާއްޖެއަށް ބޭރުގެ އިންވެސްޓުމެންޓުތައް ގެންނަ އިރު، ހާއްސަކޮށް ޗައިނާގެ އިންވެސްޓުމެންޓުތައް ގެންނަ އިރު އެ ވިޔަފާރީގެ މަރުހަލާތައް ދެފުށްފެންނަ ގޮތަކަށް ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ނަޝީދު ގެންދަވަނަނީ މިފަދަ ތަފާތު އެކި ފޯރަމްތަކުގައި ޗައިނާއަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އަދި އެކަމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި ނަޝީދާ ދެބޭފުޅުންގެ ބަހުގެ ހަމަލާތަކެއް ދާދިފަހުން ވަނީ ޓްވީޓާގައިވެސް ކުރިއަށް ގޮސްފައެވެ.
ކަލޯ ހަމަތަ؟މިއީ މިޤައުމަށް ޖެހުނު ވަބާއެއް މިކަމުން ސަލާމަތް ކުރައްވާތޯﷲ ގެ ހަޒުރަތުގައި ދުއާކުރުން ދިވެހި އެންމެހާ ބޭފުޅުން ގެ އަރިހުގައިއާދޭސް ދަންނަވަނީ މިޤައުމު މުޅި ޤައުމު ގައި ރޯކޮށް އެތައް އަހަރެއްގެ ތަރައްގީ އަންދާލާ ފައި ކޯޗެކޭ މިކިޔަނީ