19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ނިންމާލި ނަމަވެސް، ޖަލްސާއެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭ ގޮތަށް މަޖިލިސް ޗުއްޓީއަށް ދިއުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މިއަދަކީ 2019 ވަނަ އަހަރުގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ ބާއްވާ ދުވަހެވެ. މިކަމާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ މިއަދަކީ މި ދައުރުގެ ފަހު ދުވަސް ކަމަށް މެންބަރުން ނިންމަވާފައިވާ ދުވަސް ކަމަށެވެ. އަދި އެއްގޮތަކީ ކުއްލި މަސަައްކަތެއް ދިމާވެއްޖެނަމަ، ބައްދަލުވުންތައް ބޭއްވޭގޮތަށް މަޖިލިސްގެ ދައުރު ނުނިންމާ، ބޭއްވުމަށްފަހުގައި ޖަލްސާތައް ކުރިއަށް ނުގެންގޮސް މަޖިލިސް ބަންދު ނުކޮށް ބޭއްވުން ކަމަށެވެ.

އަދި އެއާއެކީގައި ކޮންމެ ހާލަތެއްގައި ވެސް، 241 ކޮމިޓީ (ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީ) ގެ މަސައްކަތް ޗުއްޓީގެ ހުރިހާ ދުވަހެއްގައި، ހުއްޓުމެއްނެތި ކުރިއަށް ގެންދަވާ ގޮތަށް ހެއްދެވުން ކަމަށާ، އެއީ މަރުތަކާ ގުޅޭ ރިޕޯޓު މިއަދު ނިމި އެ ރިޕޯޓުގެ މަސައްކަތް ކޮމިޓީއާ ހަވާލުވެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ވާތީ ކަމަށެވެ.

"އެހެން މެންބަރުން (241 ކޮމިޓީގައި ނުހިމެނޭ މެންބަރުން) ޗުއްޓީއަށް ދިއުމާ އަޅުގަނޑު މާބޮޑު އިއުތިރާޒެއް ނެތް. ނަމަވެސް ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީގެ މަސައްކަތާއިގެން އެބޭފުޅުން ސެޕްޓެމްބަރު މަސް އެކުގައި ތިއްބެވުން،"
ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މިދައުރަށް މަޖިލިސް ޗުއްޓީއަށް ދާންޖެހޭ ދުވަހަކީ އޮގަސްޓްމަހުގެ 29 ވަނަ ދުވަހެވެ. ނަމަވެސް މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ކުރަން ހުރުމުން މަޖިލިސް ރައީސް ވަނީ މިހަފްތާ ނިމެންދެން މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ. އަދި މިއަދުގެ ޖަލްސާގައި އެޖެންޑާ ކުރެވިފައި ހުރި ހުރިހާ މަސައްކަތެއް ނިމެންދެން މިއަދުގެ ޖަލްސާ ދެއްމުމަށް ވެސް ވަނީ ނިންމާފައެވެ.