މިދިޔަ އާދިއްތަ ދުވަހު އައްޑޫ ސިޓީގައި ސައިކަލެއް ކަހާލައިގެން ހިލަތަކުގެ މައްޗަށް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ މަރުވެއްޖެއެވެ.

އޭނާ މަރުވެފައިވަނީ އެކްސިޑެންޓެއްގައި ބޮލަށް ސީރިއަސް ޒަހަމްތަކެއް ލިބުމާ ގުޅިގެން، މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 8:00 ހާއިރު އެވެ.

މި އެކްސިޑެންޓާ ގުލޭގޮތުން ފުލުހުން ބުނީ، ޕޯޓް ސަރަހައްދުން ސައިކަލެއްގައި ދިޔަ 47 އަހަރުގެ ދިވެހި ފިރިހެނަކު މޫދާ ދިމާލަށް ހިލަތަށް މައްޗަށް ވެއްޓިފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު 8:01 ހާއިރު ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާވި މީހާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ވަގުތުން ފަރުވާދޭން ފެށުނު ކަމަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އެމީހާއަށް ފަރުވާދެމުން ދިޔައީ އައިސީޔޫގައެވެ. އަދި އިތުރު ފަރުވާއަށް އެ ދުވަހު މާލެ ފޮނުވިއެވެ.

ފުލުހުން ކުރިން ބުނެފައިވަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބުން ބަލަމުން އަންނަ ކަމަށެވެ.