ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯގެ ބޭސްފިހާރައެއް ހުޅުވައިފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ގްރައުންޑް ފްލޯގައި ގާއިމްކޮށްފައިވާ އެސްޓީއޯގެ ބޭސްފިހާރަ ހުޅުވައިދެއްވީ މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު އެވެ.
އެސްޓީއޯއިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވި ބޭސްފިހާރައިގެ ހިދުމަތް ލިބޭނީ ކޮންމެ ދުވަހަކުވެސް ހެނދުނު 7:00 އިން ރޭގަނޑު 8:00 އަށް ކަމަށެވެ. އަދި އެ ބޭސްފިހާރައިން ވެސް، އެސްޓީއޯގެ އެހެން ބޭސްފިހާރަތަާއި އެއްގޮތަށް ކަވަރުކުރާ އިންޝުއަރަންސް ސްކީމުތައް ބަލައިގަންނާނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯ އިން ބޭސްފިހާރަތައް ހިންގާއިރު، މިއީ އެސްޓީއޯއިން ރާއްޖޭގައި ހުޅުވި 188 ވަނަ ބޭސްފިހާރައެވެ.