މަކީޓާ ހެއްޔާގެ ނަމުގައި އެސްޓީއޯއިން މުބާރަތަކާއި އެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ އެ މުބާރަތަކީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެން ދާނެ މުބާރާތެއް ކަމަށެވެ. އަދި އެ މުބާރާތުގެ ނަމަކީ "މަކިޓާ ހެއްޔާ މުބާރާތް 2019" އެވެ. މި މުބާރަތަކީ މަކިޓާ ހެއްޔާ ޕުރޮމޯޝަނާއި ގުޅުވައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއައް ގެންދާ މުބާރާތެއް ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.. މި މުބާރާތް ހުޅުވައި ލެވިފައިވަނީ މުޅި ރާއްޖެއަށެވެ.

މި މުބާރަތުގައި ބައިވެރި ކުރާ ތަކެތީގެ ވީޑިއޯ އެއް ކޮންމެ މަސައްކަތްތެރިޔަކު ވެސް ހުށަހަޅަން ޖެހޭއިރު މުބާރަތުގައި ބައިވެރި ކުރާ ތަކެތި އާންމުންނަށް ދައްކާލުމުގެ މައުރަޒެއް ވެސް އޮންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. މީގެ އިތުރުން ކުރިޔަށް ގެންދެވޭ މަކިޓާ ހެއްޔާ ޕްރޮމޯޝަންގައި 25 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދާނީ މިއަދުން ފެށިގެން މި މަހުގެ 31ވަނަ ދުވަހާއި ހަމައަށް ކަމަށްވެސް އެސްޓީއޯއިން މައުލޫމާތުދެއެވެ. އެސްޓީއޯއިން ބުނީ ކޮންމެ 500 ރުފިޔާއަކަށް ކޫޕަނެއް ލިބިގެންދާއިރު މި ޕްރޮމޯޝަންގައި ކޮންމެ މަހަކު ނަސީބުވެރިފަރާތެއް ހޮވާނެ ކަމަށެވެ. އެގޮތުން ގުރުއަތުން ހޮވޭ ފަރާތަކަށް 50،000 ހާސްރުފިޔާގެ އަގުހުރި އިނާމު ކަނޑައެޅިފައިވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މުބާރާތުގެ ގައިޑްލައިން އެސްޓީއޯގެ ވެބްސައިޓުން ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން ބުނި ގޮތުގައި މުބާރަތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށެވެ. އަދި މުބާރާތުގައި ބައިވެރި ކުރާތަކެތި ފަރުމާކުރަން ޖެހޭނީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ކަމަށާއި މުބާރާތުގައި ބައިވެރި ކުރާ އައިޓަމް ފަރުމާކުރަން ވާނީ އެއްމެ ބޮޑުވެގެން 4ފޫޓް 4ފޫޓް އަށް ވުރެ ބޮޑުނުވާ ގޮަތަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.