މާލޭގައި ވެމްކޯގެ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ވެމްކޯގެ މުވައްޒަފަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ވެމްކޯގެ މުވައްޒަފަކަށް ހަމަލާ ދެނީ ދިވެއްސެއްކަން އެނގެއެވެ. ނަމަވެސް ހަމަލާދެނީ ކޮން ސަބަބަކާ ހެދި ކަމެއް ސާފެއް ނުވެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް ވެސް އައިސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ވެމްކޯގެ މުވައްޒަފަށް ހަމަލާ ދިން މައްސަލަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން މިހާރު ފަށާފައިވާ ކަމަށެވެ.

ވެމްކޯގެ މި މުވައްޒަފަށް ހަމަލާ ދެނީ އެސްލޯން ހޮޅިބުރި އަކުންނެވެ، އެ ހަމަލާ ހުއްޓުވުމަށް ވެމްކޯގެ މުވައްޒަފު މަސައްކަތް ކުރި ނަމަވެސް އިތުރަށް އެމީހާގެ ގައިގާ އެ ހޮޅިގަނޑުން ޖަހާ މަންޒަރުވެސް ފެނެއެވެ.