އިންޑިއާގެ ރަޖިސްޓްރީ ނަންބަރު ޕްލޭޓު ޖަހާފައި އޮތް ކާރެއް ހުޅުމާލެއިން ފެނިއްޖެއެވެ. މި ކާރު އޮތީ ހުޅުމާލެ އަމީން އެވެނިއު ބިލްޑިން ކުރިމަތީގައި ޕާކު ކޮށްފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ މި ފޮޓޯއާ އެކު ލިޔެފައިވާ ލިޔުމެއްގައި ބުނެފައިވަނީ އެ ކާރު ޕާކު ކޮށްފައި އޮތް ހުޅުމާލެ އަމީން އެވެނިއު އިމާރާތަކީ އިންޑިއާގެ އޮފިޝަލެއް ދިރިއުޅުއްވާ އިމާރާތެއް ކަމަށެވެ. ނަމަވެސް އެއީ އެ އޮފިޝަލްގެ ކާރު ކަމެއް ނުވަތަ އެއޮފިޝަލެއްގެ މަސްލަހަތު ހިމެނޭ ކާރެއް ކަމެއް ނޭނގެއެވެ.
މިކަމާ ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓްރީގެ އިސް ބޭފުޅަކާ ވާހަކަދައްކާލެވޭތޯ މަސައްކަތް ކުރި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތެއް ލިބޭ ގޮތެއް ނުވެއެވެ. ނަމަވެސް ފޮރިން މިނިސްޓްރީން ވަނީ ޑިޕްލޮމެޓުންގެ ކާރުގައި "ޑީޕީއެލް" ރަޖިސްޓްރީ ހުންނާނެ ކަމަށް ބުނެފައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މައްސަލަ ބަލަމުން ދާ ކަމަށެވެ.
އިންޑިއާގެ ރަޖިސްޓްރީ ނަންބަރު ޕްލޭޓެއްގެ ކާރެއް މިއަދު ފެނުނުއިރު އިއްޔެ ވަނީ އެއް ރަޖިސްޓްރީ ނަންބަރެއް ޖަހާފައިވާ ދެ ކާރެއް ފެނިފައެވެ. އަދި އޭގެތެރެއިން އެއް ކާރު ފުލުހުން ޓޯޔާޑަށް ވަނީ ގެންގޮސްފައެވެ.
އިބްރާހިމް އަށް. ވެދުންސަލާން. މިތާ ރަޖިސްޓްރީ ނުކުރަންޏާ އިންނާނެ 0000 ބޯޑް ދޯ. އެޖަހާފަ ބާއްވާ.. އޭރުން މީހަކު އެއްޗެކޭ ނުކިޔާނެ.
ތިޔަކާރަކީ ދިވެހި ފެމެލީ އެއް އިނޑިއާ ގަ ދުވާފަ ،މިކޮޅަށް ބަދަލް ވީމަ ގެނެސްފަ އޮއި ކާރެއް،ހަބަރެއް ލިޔަންވީމަ ހޭބަލިވިޔަސް ބޮޮޑުވަރު،
ރައްޔިތުން ދަންތުރައިގެ ޖަހޭގޮތަށް ގަވާއިދު ހަދާ މުސީބާތް ޖެހޭގޮތަށް ސަރުކާރު ހިންގުމުން އާއްމުންނަށް ޖެހޭ ބަލާވެރިކަމުގެ ތެރެއިން ބަލާވެރި ކަންތަކެއް ތިފެންނަނީ. ބުނިވަރަކަށް ޑިއުޓީ ދައްކުވައިގެން ރައްޔިތުމީހާ ލައްވާ ކާރުތަށް އެތެރެ ކުރުވައިފި. އެކަމަކު އެކާރު ރަޖިސްޓްރީ ކޮށެއް ނުދޭ. ޑިއުޓީ އަތުލައިގެން އެތެރެކޮށް މިރާއްޖޭގެ މަގުތަކުގާ ހުރި ކާރު ލޮރި ފުރާޅު ތަކުގެ ދަށަށް ވައްދައިފިއްޔާ މީހުން ނިދަން ވަންނާނެތަނެއް ނުހުންނާނެ ކަން ނޭގެނީތަ؟ ކޮންގަރާޖަކޭތަ މިކިޔަނީ. އެބަ އަޑުއިވޭ ފަސްދޮޅަސް އަދި ފަސްދޮޅަސް ފަސްހާހަށް ގަރާޖު ސްޕޭސް ގެ ސިޓީ ވިއްކާވާހަކަ. އެތައްބަޔަކު މިސިޓީ ގަނެގެން އެއީ މަކަރުވެރި އެއްޗެކަށް ވެގެން ކާރު ރަޖިސްޓްރީ ނިކުރެވި އެބަތިބި. އަދި"ނަސީބުވެރި" މަދުބަޔަކަށް މިގޮތަށް ކާރު ރަޖިސްޓްރީ ކުރެވުނު އިރު އެބަޔަކަށް ނެއެނގޭ އެގަރާޖު ހުރިތަންވެސް. އަދި ގަރާޖު ތިބި ބައެއްމީހުން އެމީހުންނަށް ކާރު ހޯދަން ނުޖެހޭތީ ގާތް ތިމާގެ އަދި ރައްޓެހީންނަށް އެހީވާން އެމީހުންގެ ގޭގެ ނަމުގާ ކާރު ރަޖިސްޓްރީ ކޮށް ދީފަ އެބަތިބި. މިގޮތަށް ތިމާގެ މީހުންނާއި ރައްޓެހީންނަށް ކާރު ރަޖިސްޓރީ ކޮއްދީފަ ތިބި ބައެއްމީހުން އެމީހުން އަމިއްލަ ބޭނުން ޖެހިގެން ކާރުއެތެރެކޮށްގެން އެކާރު ރަޖިސްޓރީ ވިޔަނުދީގެން އެބައުޅޭ. މީ ދެން ހަމަ މުސީބާތެއް.
ބަލަ ކިހާ ބޮޑު ބަލާ ޢެެެެޢް މިިީ