މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައި ވަނީ މި މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އަދި މި އަހަރަށް ކަނޑައަޅާފައި ވާ، 1.5 މިލިއަން ފަތުރުވެރިންގެ ޓާގެޓު ނޮވެމްބަރު 17ގެ ނިޔަލަށް ހާސިލް ކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާ ގެންދަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، މިދިޔަ މަހުގެ ރާއްޖެ އައި ފަތުރުވެރިންގެ އަދު މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާ ބަލާއިރު އަށް ޕަސެންޓް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު އެކަނި 132،144 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފަ އެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް 994،733 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި މިއީ މިިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި އަޅާބަލާއިރު 17.2 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައިމަހުގެ ނިޔަލަށް އެންމެ ގިނައިން ފަތުރުވެރިން ޒިިޔާރަތްކޮށްފައި ވަނީ، ޗައިނާއިންނެވެ. ޗައިނާއިން 172،834 ފަތުރު ވެރިން ޒިޔާރަތްކޮށްފައިވާ އިރު، ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އިންޑިއާއިން 93،175 ފަތުރުވެރިން ވަނީ މި މުއްދަތުފެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.