ގައުމީ ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމުން ވަކި ކުރެއްވި ޑރ. އަލީ ފަވާޒު މާދަމާއިން ފެށިގެން ސައިރިކްސް ކޮލެޖާ ގުޅިވަޑައިގަންނަވާނެ ކަމަށް އެ ކޮލެޖުން ބުނެފިއެވެ.

ސައިރިކްސް ކޮލެޖުން ބުނީ ޑރ. ފަވާޒު މާދަމާ ހެނދުުނު 10:00ގައި އެ ކޮލެޖުގެ ރަސްމީ މަސައްކަތަށް ނުކުމެ ވަޑައިގަންނަވާނެ ކަމަށެވެ.

ޑރ. ފަވާޒު މާދަމާ ސައިރިކްސް ކޮލެޖާ ގުޅިވަޑައިގަންނަވާ އިރު ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. ފަވާޒަކީ ރާއްޖޭގެ މަތީ ތައުލީމު ކުރިއެރުވުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށާ އަދި މިހާރުވެސް އެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.

ޝަރީފު ވިދާޅުވީ ގައުމީ ޔުނިވާސިޓީ ކުރިއެރުވުމުގައި ޑރ. ފަވާޒުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި އުއްމީދު ކުރައްވަނީ ރާއްޖޭގެ މަތީ ތައުލީމު ކުރިއެރުވުމުގައި ފަވާޒު ދެމި ހުންނެވުން ކަމަށްވެސް ޝަރީފުގެ ޓްވީޓުގައި ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރުކަމުގެ މަގާމުން ފަވާޒު ވަކި ކޮށްފައި ވާއިރު އެ ޔުނިވާސިޓީގެ ޗާންސެލަރަކަށް މިހާރު ވަނީ ޑރ. ހަސަން ހަމީދު އައްޔަން ކޮށްފައެވެ.