ތ. ތިމަރަފުށީގައި މާރާމާރީއެއް ހިންގާ ދެ މީހަކަށް ހަމަލާ ދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 21:11 އެހާކަށްހާއިރު ތިމަރަފުށީގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ މާރާމާރީ ހިންގާފައި ވަނީ އެރަށުގެ ދެ ގްރޫޕެއްގެ ދެމެދުގައި ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މާރާމާރީގައި ދެ މީހަކަށް ވަޅިން ހަމަލާދިން ކަމަށާއި ނަމަވެސް އެ ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށް ބުންޏެވެ.

މި މައްސަލާގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.