ހައްޖުގެ އަޅުކަން ނިމުނު ފަހުން ސްޓްރޯކެއް ޖެހިގެން ކޯމާއަކަށް ދިޔަ ހައްޖާޖީއަށް ފަރުވާ ދެމުން ދަނިކޮށް މިރޭ ނިޔާވެއްޖެއެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށް ދިޔަ ފ. ދަރަނބޫދޫ ސީމާ މޫސާ، 38، ނިޔާވީ މިނާ އަލްވާދީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު އިރުއޮށްސުނު އިރެވެ.

ސީމާ ނިޔާވި އިރު ފިރިމީހާވެސް ހުރީ މައްކާގައެވެ. މިހަރު ސީމާ ހައްޖައް ދިޔައީ ފިރިމީހާއާ އެކުގައެވެ.

ރާއްޖެއިން ހައްޖުގެ އަޅުކަމަށް މިއަހަރު ދިޔަ މީހުން އަންނަ އާދީއްތަ ދުވަހު މާލެ އަންނަން ފަށާނެއެވެ.