ސްނޯކްލިންއަށް ދިޔަ 2 ފަތުރުވެރިން ގެއްލިގެން ހޯދަން ފަށައިފި ކަމަށް އެމްއެމްޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ އެމީހުން ސްނޯކްލިން އަށް ދިޔައީ އއ މޫފުށިން ކަމަށެވެ.

އެދެމީހުން ސްނޯކްލިން އަށް ފޭބީ އެރަށު ފަޅުތެރެއަށް ކަމަށާ ހަބަރެއް ނުވެގެން އެ މައުލޫމާތު އެންއެންޑީއެފަށް ލިބުނީ 11:19 ހާ އިރު ކަމަށެވެ. އެންއެންޑީއެފުން ބުނީ ކޯސްޓްގާޑުގެ ޑައިވަރުންނާއި ވެލާނާ ލޯންޗުގައި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދާކަށެވެ.

މިހާދިސާގައި ގެއްލިފައިވަނި ކޮން ގައުމެއްގެ 2 މީހުންނެއް ކަމެއް އަދި ސާފެއް ނުވެއެވެ. މޫފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރު "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ވިދާލުވީ، ގެއްލިގެން އުޅޭ ދެ ފަތުރުވެރިންނަކީ އެ ރިސޯޓުގެ ބައެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާ އިތުރު އެއްޗެއް ވިދާޅުވެވޭނީ ދެ ގަޑިއެއްހަ އިރު ފަހުން ކަމަށެވެ.

ރާއްޖެއަށް މިދުވަސްވަރު މުސުން ގޯސްވެ، ވިއްސާރައާއި ވައި ގަދަވެ އަދި ގަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ދަނީ ހިނގަމުންނެވެ. އެގޮތުން، ކެނޯއެއްގައި ވިލިމާލެ ފަރުމައްޗަށް ނުކުތް ދެމީހަކު ބެހުނު ހާދިސާއަކާއި، ލޯންޗެއްގައި ދަތުރު ދިޔަ ބަޔަކާއި ސީޕްލޭނެއްގައި ދަތުރު ކުރި ބަޔަކު ހަލުގައި ޖެހުނު ހާދިސާއަކާއި، ޑިންގީއެއް ބަންޑުން ޖަހާލައިގެން 3 މީހަކު ކަނޑުވި ހާދިސައެއްގެ އިތުރުން ކަނޑުގަދަވެ ދަތުރު ނުކުރެވިގެން ކޯސްޓުގާޑުގެ އެހީތެރިކަން ފޯރުކޮށްދޭން ޖެހުނު ގިނަ ހާދިސާތަކެއް ހުސްވި ހަފުތާގެ ތެރޭގައި ވަނީ ހިނގާފައެވެ.