މިއަހަރުގެ ހައްޖަށް ދިޔަ މީހުންގެ ތެރެއިން މީހަކަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން އެބަދެއެވެ. މިއަދު ބައެއް ނޫސްތަކުގައި ހައްޖާޖީއަކު ނިޔާވި ކަމަށް ލިޔެފައި ވީ ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖާޖީއަކު ނިޔާ ނުވާ ކަމަށާ، ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން ދާކަމަށެވެ.

މިނިސްޓްރީން ބުނީ ހާލު ސީރިއަސްވެ ސްޓްރޯކެއް ޖެހުމުގެ ސަބަބުން ކޯމާއެއްގައި އޮތީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ ސީމާ މޫސާ، 38 ފ. ދަރަނބޫދޫ ކަމަށެވެ. އޭނާއަށް ފަރުވާ ދެމުން ދަނީ މިނާ އަލްވާދީ ހޮސްޕިޓަލުގަ އެވެ.

https://web.facebook.com/minislamicaff/posts/2346669185402933

"ހައްޖު ކޯޕަރޭޝަންގެ ޙައްޖުވެރިއެއް ކަމުގައިވާ ފ. ދަރަނބޫދޫ މުޝްތަރީގެ ސީމާ މޫސާ / 38 އަހަރު މިނާގެ ޓެންޓުގައި ހުއްޓާ ސްޓްރޯކެއް ޖެހިގެން މިނާގެ "މިނާ އަލްވާދީ" ހޮސްޕިޓަލުގައި މިހާރު އޮތީ ކޯމާއެއްގައި، ލައިފް ސަޕޯޓުގައި" މިނިސްޓްރީން ބުނެފައި ވެއެވެ.

މިއަހަރު ރާއްޖެއިން ހައްޖައް ދިޔަ އެންމެންގެ ހާލުވެސް ޖުމްލަ ކޮށް ރަނގަޅު ކަމަށް މައްކާގައި ހުރި ދިވެއްސަކު "ދަ ޕްރެސް" އަށް މައުލޫމާތު ދީފައި ވެއެވެ.