ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި 3 މީހުން ފެނިއްޖެއެވެ. މިހާދިސާ ހިނގާފައި ވަނީ ތާޖު އެގްޒޯޓިކާ ރިސޯޓު ކައިރިން ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނީ ހާދިސާ ހިނގީ ޑިންގީ ބަންޑުން ޖަހާލީ އެނބޫދޫ ފިނޮޅު ކައިރިން ކަމަށާ ޑިންގީގައި ތިބި މީހުން ސަލާމަތް ކުރީ ތާޖު އެގްޒޯޓިކާ ރިސޯޓަަށް ދިޔަ ލޯންޏަކަށް އެމީހުން ފެނިގެން ކަމަށެވެ.
މި 3 މީހުން މިހާރު ތިބީ އެ ރިސޯޓުގައި ކަމަށާ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ އިތުރުން ދަތުރު ގޮސް އުޅުނު ލޯންޗެއް ހާލުގައި ޖެހިގެން އުޅޭތީ މެރިން ޕޮލިސް ދަނީ ހަރަކާތްތެރި ވަމުންނެވެ. ލޯންޗް ހާލުގައި ޖެހުނީ ކޮއްދިއްޕަރު ކައިރިން ކަމަށް ފުލުހުން ބުނެއެވެ.
އަދި ކުރަމަތި ރިސޯޓްގެ ސީޕްލޭން ޕްލެޓް ފޯމުން ސީޕްލޭނެއް ކަހާލައިގެން އުޅޭ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ. މިކަން އެމްއެންޑީއެފުން ބަލަމުން އެބަ ގެންދެވެ. ފުލުހުން ބުނީ ސީޕްލޭން ފައްތިޔަލާ އެކު ކަހާލައިގެން ގޮސް ސަޕްލައި ދޯންޏެއްގައި ޖެހި ގެއްލުންވެފައި ވާ ކަމަށާ އިތުރަށް ބަލަމުން ދާ ކަމަށެވެ.
މިދުވަސްވަރު މޫސުން ގޯސްވެ ށ އިން ފެށިގެން ތ އަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.