މާލެ ތެރޭގައި ބަސް ދުއްވަން ނިންމާ އެކަން ކުރަން އުޅެނީ ބަޔަކަށް ލާރިދީގެން ކޮރަޕްޝަން ހިންގަން ކަމަށް ޓްކްސީ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހިމް ބުނެ ބޮޑު ތުހުމަތުތަކެއް ކޮށްފިއެވެ.
މާލެއަށް އެންމެ ރަނގަޅުވާނީ މީޓަރުގައި ޓެކްސީ ދުއްވުން ކަމަށާއި، އެނޫން އެހެން ގޮތެއް ނެތްކަމަށް ފާހަގަ ކުރަމުން އަބްދުﷲ ބުނީ މާލޭގައި ބަހެއް ނުދުއްވޭނެ ކަމަށާއި، ސައިކަލް ޓެކްސީ ވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި މިއީ ކޮރަޕްޝަނަށް މަގުފަހުކުރުމަށް ކުރުވާ ކަމެއް ކަމަށް އެނާ ބުނެއެވެ. މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާލޭގައި ބަސްދުއްވި ކަން ފާހަގަކުރަމުން އޭނާ ބުނީ އެއިރު ވެސް ބަސް ދަތުރުގައި ވީ އެހެން ކަމަށެވެ. އަދި އެއީ ބަޔަކަށް ފައިސާދޭން ވެގެން ސަރުކާރުން ކުރި ކަމެއް ކަމަށެވެ.
އަބްދުﷲ ބުނީ މާލެ ތެރޭގައި ބަސްދުއްވާނެ ތަނެއް ނެތް ކަމަށެވެ. އަދި މާލޭގައި އޮތީ ތޮއްޖެހިފައި ހުރި ކުދިކުދި މަގުތައް ކަމަށް ގަބޫލުރަން ޖެހޭ ކަމަށާ، މީގެ އެތައް އަހަރުތަކެއް ކުރިން މާލެ އޮތީ ބައިސްކަލް އެކަނި ދުއްވަން ޑިޒައިންކޮށް ނިމިފައި ކަމަށެވެ. އަދި މިހާރު މި ދުއްވާ ވަރުގެ ކާރުތަކެއް އަދި ސައިކަލްތަކެއް އަންނާނެ ކަމަކަށް ވިސްނާފައި ނެތްކަމަށެވެ.
ނަމަވެސް ހުުޅުމާލެ އެއޮތީ ފަހުގެ ޑިޒައިނަށް ޑިޒައިން ކުރެވިފައި ކަމަށާއި، ހުޅުމާލެ ބަސް ދުއްވައިގެން މަގުތައް ބަންދު ނުވާނެކަމަށް އޭނާ ބުނެއެވެ.
އަބްދުﷲ ބުނީ މާލޭގައި ބަސް ދުއްވަމަކީ ކުރެވޭނެ ވަރުކަމެއް ނޫން ކަމަށެެވެ. އަދި މިހުރިހާ ކަމަކަށް ބަލާފައި މާލެއަށް އެންމެ ރަނގަޅީ މީޓަރުލީ ޓެކްސީ ކަމަށާއި، އިތުރު އެހެން އެއްވެސް ކަމެއް ނެތްކަމަށެވެ.
އަބްދުﷲ އެހެން ބުނެފައިވަނީ އިރު މާލޭގައި 1200 ޓެކްސީ އޮންނަ އިރު، ޓެކްސީއެއް ބޭނުން ވެގެން ގުޅާ މީހަކަށް ޓެކްސީއެއް ނުލިބުމާ، އާންމު އުނދަގޫ ވާގޮތަށް ފަހަތުން އަންނަ ސައިކަލު، ބައިސްކަލް ތަކަށް ނުދެވޭނެހެން މަގުތަކުގައި ދުއްވުމާއި ޕާކުރުން ފަދަ ކަންކަމަކީ ބައެއް ޓެކްސީ ޑްރައިވަރުންގެ ފަރާތުން ފެންނަ އާންމު ކަމެކެވެ.
ޓެކްސީ ޑްރައިވަރުންނަކީ މީކޮންބައެއް ހަމަ ލާރި ހޯދުން. ދެން މާވަރު ދައްކާފަ އުޅެން މިއުޅެނީ. ގިނައީ ހަމަ މިސަރުކާރު ގެންނަން ހަންފެތުރި ގުރޫޕް ދެންޕަކާސް
ފަހު ޕެރެގްރާފްގައި އެވަނީ ވަރަށްވެސް ބޮޑުތެދެއް..
ޓެކްސީ ޑްރައިވަރުންވެސް މަރުވާނެ، އަދި ޓެކްސީ އެސޯސިއޭޝަންގެ ރައީސްވެސް މަރުވާނެ! ދަންނާތި މިކަން!