ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރެފިއެވެ.

މިއަދު އެ ކޯޓުން ނެރުނު އަމުރަގައި ބުނީ، ޝަރީއަތް ނިމެންދެން އަދީބް ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށާއި މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް އަމަލު ނުކުރުމަށްވެސް ސުޕްރީމް ކޯޓުން އަންގާފައި ވެއެވެ. މިދިޔަ ހޯމަ ދުވަހު ކްރިމަިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައި ވަނީ، 15 ދުވަހަށް އަދީބު ބަންދު ކުރުމަށެވެ.

ސުޕްރީމް ކޯޓްގެ އަމުރުގައި ބުނީ، އަދީބު ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކުރީ ދައުލަތުން އިސްތިއުނާފުކޮށްފައިވާ ޅ. މާބިންހުރާގެ މައްސަލަ ނިމެންދެން ކަމަށެވެ. އަދި އެ އަމުރު ނެރުނީ އެ މައްސަލާގައި އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އެއާ ހިލާފުވެވަޑައިގެން ރާއްޖެ ދޫކޮށް ފިއްލަވަން މަސައްކަތްކުރައްވާފައިވާކަން ކަށަވަރުވުމުން ކަމަށެވެ. އަދި ދެން ވެސް އެފަދަ ކަމެއް އޭނާގެ ފަރާތުން ފެނިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދައުލަތުން ބުނާތީ ކަަމށެވެ. އަދި އެ މައްސަލަ ރަނަގަލާށް ބަލަން ޖެހެ ކަމަށް ވެސް އެ އަމުރުގައި ބުނެއެވެ.

މި މައްސަލައިގެ އިތުރުން ޕާސްޕޯޓު ނެތި ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި މައްސަލައިގެ އިތުރުން ޖިނާއީ ކުށަކަށް އިއުތިރާފުވެ، ކޯޓަށް ވަޑައިގެން ހެކިބަސް ދެއްވުމަށް އެއްބަސްވުމެއްގައި ސޮއި ކުރައްވާފައިވާ މައްސަލައެއް ވެސް އޭނާގެ މައްޗަށް އެބައޮތެވެ.