އެމްއެމްޕީއާރުސީގެ ފައިސާ ބޭންކް އޮފް މޯލްޑިވްސް އިން ނަގަމުން ދިޔައީ ހައެއްކަ މީހުން ކަމަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖަންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ ގިނަ އަދަދެއްގެ ފައިސާ ނަގާ ޖަމާ ކުރަމުންދާ މައްސަލައެއް އެފްއައިޔޫއިން އެއިރު ތަހުގީގު ކުރި ކަމަށެވެ. އަދި އެ ތަހުގީގުން ތިން ކަމެއް ފާހަގަވެގެން ދިޔަ އިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި އެސްއޯއެފުން ފައިސާގެ މުއާމަލާތްތައް ކުރި މީހުން އެނގެން ހުރި ކަމަށެވެ.
އާތިފް ވިދާޅުވީ އެސްއޯއެފްގެ އެކައުންޓުން ފައިސާ ނަގާފައި ހުރީ ގިނައިން ކޭޝްކޮށް (ނަގުދު ފައިސާއިން) ކަމަށެވެ.
ނަމަވެސް އެފްއައިޔޫއަށް ލިބުނު މައުލޫމާތުތައް ބެލުމުން، ހައެއްކަ މީހުން ވެގެން ކޭޝް ގެ ގޮތުގައި އެއެއްޗެހި ނަގަމުން ގެންދިޔަކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޑޮލަރު މާރު ކުރި އަދަދުވެސް ފެންނަން ހުންނާނެ ކަމަަށް އާތިފް ވިދާޅުވިއެވެ.
އާތިފް ވިދާޅުވީ އެފްއައިޔޫއިން ތަހުގީގު ކުރިއަށް ގެންދިޔަ އިރުގައި ފުރަތަމަ ފެނިގެން ދިޔައީ ހިނގަމުން ދިޔަ ޓްރާންސެކްޝަންސް ތަކަކީ އިގްތިސޯދާ ގުޅޭ ވަރަށް ވުރެ ބޮޑެތި ޓްރާންސެކްޝަންސްތަކެއް ކަމަށެވެ. އަދި އެ ނުހިފެހެއްޓޭ ކަމަށާ، އެކަން ނިމިގެން ދިޔައީ ހީކުރެއްވި ވަރަށް ވުރެ އަވަހަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ދެވަނަ ކަމަކަށް ފެނިގެން ދިޔައީ، މިއީ ހަމައެކަނި ދައުލަތުގެ ހަރުމުދަލެއް ވިއްކުމުން ލިބުނު މާލީ އާމްދަނީ އެހެން މީހަކަށް މާލީގޮތުން ދިނުމަށް ވުރެ، އެވަގުތު ހިނގަމުން ދިޔަ ކަންތައްތަކެއް ފަހިކުރުމަށް ޓްރާންސްސެކްޝަންތަކެއް އިތުރަށް ހިނގާފައިވުން ކަމަށް އޭނާ ވިދާޅުވިއެވެ.
އާތިފް ވިދާޅުވީ މި ތަހުގީގުން އެފްއައިޔޫއަށް އެސްއޯއެފްގެ އެކައުންޓުގެ ހުރިހާ މައުލޫމާތެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އެދުވަހު އެ ޓްރާންސެކްޝަންސް ގޮސް ވަނީ ކޮންތާކަށް ކަމާ، ދެން އެތަނުން ކުރީ ކޮންކަމެއް ކަން ވެސް މި ތަހުގީގުން އިނގެން ހުންނާނެކަމަށް އާތިފް ވިދާޅުވިއެވެ.
އާތިފް ވިދާޅުވީ ބީއެމްއެލްގެ އިތުރުން ހިޔާނާތުގެ މުއާމަލާތް ކުރިއަށް ދިޔަކަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް އެނގޭނެ ކަމަށެވެ. އަދި އޭސީސިއަށް އެކަން ނޭނގޭ ކަމަށް ބުނުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އާތިފް ވިދާޅުވީ ހިޔާނާތް ހިނގީ ވަރަށް ގިނަ ބަޔަކަށް އެނގިގެން ކަމަށާ، ދައުލަތުގެ ވަޒީފާގައި ދެމިތިބި މީހުންނަށް އެކަން ޔަގީނުން ވެސް އެނގޭނެ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތަކީ މިފަހުގެ ތާރީހުގައި އެންމެ ގިނަ ބަޔަކަށް ބައި އެޅޭ ގޮތަށް ރާއްޖޭގައި ހިންގި ފައިސާގެ މުއާމަލާތެވެ. ރިޕޯޓުތަކުން ހާމަ ވާ ގޮތުގައި ދައުލަތުގެ ބައެއް މުއައްސަސާތަކާއި އާންމު ފަރުދުން ހިމެނޭ ގޮތުން ނަގުދު ފައިސާ ޖުމަލް 155 މީހެއްގެ އެކައުންޓަށް ވަދެފައި ވެއެވެ. ލިޔެކިޔުންތަކުން ފެންނަން ހުރި ވައްކަމުގެ އަދަދު 1.3 ބިލިއަން ރުފިޔާ އަށް އަރައެވެ.
ކީއްވެ ހައެއްކަ މީހުންގެ ނަން ހާމަ ނުކުރެވިގެން ތިއުޅެނީ...