ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު 15 ދުވަހުގެ މުއްދަތަށް ޖަލު ބަންދުގައި ބެހެއްޓުމަށް ކްރިިނަލް ކޯޓުން އަމުރު އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލު ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައި ވަނީ، ޖިނާއީ މައްސަލައެއްގައި ކޯޓަށް ވަޑައިގެން ހެކިބަސް ދެއްވުމަށް އެއްބަސްވުމެއްގައި ސޮއި ކުރައްވާފައި ވަނިކޮށް، ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި މައްސަލައިގަ އެވެ.

އަދީބު ރާއްޖެއިން ބޭރަށް ޓަގު ބޯޓެއްގައި ފިއްލަވައިގެން ވަޑައިގެން ހުންނަވަނިކޮށް އަތުލައިގެންފައި ވަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުންނެވެ. ޕާސްޕޯޓު ހިފަހައްޓާފައި އޮއްވާ ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނެވި މައްސަލައިގައި ފުލުހުންވަނީ އަދީބު ހައްޔަރު ކޮށްގެން ދޫނިދުއަށް ގެންގޮސްފައެވެ. އަދީބު ހައްޔަރު ކޮށްގެން ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހު އޭނާ އިންޑިއާގެ ޓުޓިކޮރިނުން ހިފެހެއްޓުމަށް ފަހު ރާއްޖެ ފޮނުވާލި މަގުމަތީގައި، ފުލުހުން އޭނާ ހައްޔަރު ކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ކަމަށް ބުނެ ރޭ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލައިފައި ވަނިކޮށެވެ.