ޕާސްޕޯޓު ހިފަހައްޓާފައި އޮއްވާ ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނެވި މައްސަލައިގައި ފުލުހުން އަދީބު ހައްޔަރު ކޮށްފިއެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްގެން ގެން ފުލުހުން ގެންދިޔައީ ދޫނިދުއަށެވެ.

ރޭ ދަންވަރުން ފެށިގެން ފުލުހުން ދިޔައީ އަދީބުގެ ހަރަކާތްތައް ބަލަމުންނެވެ. އަދި ފަތިހުން ސުރެ ފެށީގެން އެސްއޯ ފުލުހުން ގ. ހުމަށި ކައިރީގައި ދިޔައީ ފޯރި މަރަމުންނެވެ.

ބޮޑު ފަތިހާ އަދީބު ހައްޔަރު ކޮށްގެން މި ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހު އޭނާ އިންޑިއާގެ ޓުޓިކޮރިނުން ހިފެހެއްޓުމަށް ފަހު ރާއްޖެ ފޮނުވާލި މަގުމަތީގައި، ފުލުހުން އޭނާ ހައްޔަރު ކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ކަމަށް ބުރެ ރޭ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލައިފައި ވަނިކޮށެވެ.

ދޫނިދުއަށް ގެންދިއުމަށްޓަކައި އަދީބު ލޯންޗަށް އަރުއްވަން ތައްޔާރުވަނީ / ފޮޓޯ: ސޯޝަލްމީޑިއާ

ކުރިމިނަލް ކޯޓަށް ރޭ އަދީބު ހާޒިރު ކުރީ ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގަނެގެން ރާއްޖެ ގެނެސް ބަންދުގެ މުއްދަތު ޖަހާށެވެ.

މިއަދު އަދީބު ހައްޔަރު ކުރި އިރު، ޕާސްޕޯޓު ނެތި ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި މައްސަލައިގެ އިތުރުން ޖިނާއީ ކުށަކަށް އިއުތިރާފުވެ، ކޯޓަށް ވަޑައިގެން ހެކިބަސް ދެއްވުމަށް އެއްބަސްވުމެއްގައި ސޮއި ކުރައްވާފައިވާ މައްސަލައެއް ވެސް އަދީބުގެ މައްޗަށް އެބައޮތެވެ.

އަދީބަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައި މުގޫ ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި އޭނާ ފިލަން މި އުޅުއްވި ވަގުތަކީ ރައީސް އަބްދުﷲ ޔާމީނުގެ މައްޗައް ޝަރީއަތެއް ކުރެވެމުން ދާ ވަގުތެވެ.