ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ރ. އަލިފުށީގައި ގާއިމްކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ މި ހިދުމަތް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ފަސޭހަކަމާއެކު ރައްޔިތުންނާއި ވިޔަފާރިތަކަށް ފޯރުކޮށްދެވޭނެ ކަމަށެވެ. ބީއެމްއެލްއިން ރ. އަލިފުށީގައި ތައާރާފު ކުރި މި ހިދުމަތާއެކު ރ އަތޮޅުގައި މިހާރު ބޭންކް އޮފް މޯލްޑިވްސްގެ ދެ ބްރާންޗް މެދުވެރިކޮށް ހިދުމަތް ދަނީ ފޯރުކޮށް ދެމުން ނެވެ. ސެލްފް ސާވިސް ބޭންކިންގެ ދެ ސެންޓަރެއްގެ އިތުރަށް، ރ އަތޮޅުގެ މީހުން ދިރި އުޅޭ ކޮންމެ ރަށެއްގައި ކޭޝް އެޖެންޓުގެ ހިދްމަތް ދަނީ ފޯރުކޮށްދެމުން ނެވެ. އަދި މިދިޔަ އަހަރުވަނީ ހުޅުދުއްފާރުގައި ބީއެމްއެލް ކޭޝް އެޖެންޓު މެދުވެރިކޮށް، ފައިސާ ޖަމާ ކުރުމުގެ ހިދުމަތްވެސް ތައާރަފު ކޮށްފަ އެވެ.

ރ. އަލިފުށީގައި ބީއެމްއެލް އެޓީއެމްގެ ހިދުމަތް ތައާރަފު ކުރުމުން ފަސޭހަކަމާއެކު ފައިސާ ދެއްުމާއި ޖަމާކުރުމަށް ކުރުމުގެ ހިދުމަތް ލިބިގެންދާނެ އެވެ. ރާއްޖޭގައި 46 ސެލްފް ބޭންކިން ސެންޓަރާއެކު 108 އޭޓީއެމްއެއް ބީއެމްއެލްއިން ގާއިމު ކޮށްފައި ހުރެއެވެ.