އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީޓީ އަންހެން ސިންގަލްސް ފައިނަލުގައި، ރާއްޖޭގެ ޓީޓީގެ ދެ ކުޅުންތެރިން ކަމަށްވާ އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ ކުޅުނު މެޗު ދީމާ ކާމިޔާބު ކޮށް ރަން މެޑަލް ހޯދައިފިއެވެ.

ޓީޓީ އަންހެން ސިންގަލްސް ފައިނަލުގައި ރަފާއާއި ދީމާ ކުޅުނު މެޗް، ދީމާ މެޗު ކާމިޔާބު ކުރީ 4-1 ންނެވެ. ރާއްްޖޭގެ ދެ ކުޅުންތެރިންގެ ކުރިމަތިލުމުގައި މެޗުގެ ފުރަތަމަ ގޭމް ގެންދިޔައީ ރަފާ އެވެ. އޭނާ ކާމިޔާބު ކުރީ، 11-6 ންނެވެ.

ދެވަނަ ގޭމް ދީމާ ކާމިޔާބު ކުރީ 11-7 ންނެވެ. ދީމާ ތިން ގޭމް ކާމިޔާބު ކުރީ 11-5، 11-7 އަދި 11-7 ންނެވެ.

ރާއްޖޭގެ ޓީޓީއަށް ރަންމެޑަލް ހޯދައިދިން ރަފާ އާއި ދީމާ

އައިއޯއައިޖީގައި މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ރަންމެޑަލް ހޯދާދީފައިވަނީ ޓީޓީންނެވެ. ޓީޓީގެ އަންހެން ކުޅުންތެރިން ވަނީ ތިން ރަން މެޑަލް އާއި ދެ ރިހިމެޑަލް ކަށަވަރު ކޮށްފައެވެ.