އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިހުގެ ވިމެންސް ސިންގަލްސް ފައިނަލުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް ޖާގަ ހޯދާ، އިވެންޓުން ރާއްޖެ އަށް ރަން އަދި ރިހި މެޑަލް ވެސް ކަށަވަރު ކޮށްދީފިއެވެ.
މިހާތަނަށް ރާއްޖެއަށް ހޯދި ހަތަރު ރަން މެޑަލުގެ ތެރެއިން ތިން ރަންމެޑަލް ލިބުނީ ޓީޓީންނެވެ. އެއީ މިއަދު ހޯދި ރަންމެޑައްޔާއި، ދީމާ އާއި ރަފާ ހޯދައިދިން ވިމެންސް ޑަބަލްސް ރަން މެޑެއްޔާއި އެ ދެ ކުޅުންތެރިންނާއި މުއީނާ މުހައްމަދު އަދި ފާތިމަތު ޖުމާލާ ނިމާލް ހިމެނިގެން އަންހެން ޓީމުން ހޯދި ވިމެންސް ޓީމު ރަން މެޑެއްޔެވެ.
ރަފާ ފައިނަލުން ޖާގަ ހޯދީ މޮރިޝަސްގެ ޖަލިމް ނަންޑެޝްވާރީއާ ވާދަކޮށް ހަތް ސެޓަށް ގޮސް 4-3 ސެޓުން މޮޅުވެގެންނެވެ. ދީމާގެ މެޗުގައި އޭނާ އަތުން ފުރަތަމަ ސެޓު ގެއްލުނެވެ. އެކަމަކު އޭނާ ވަނީ ފަހަތުން އަރައި އެއްވަރުކޮށް 4-3 އިން މެޗު ކާމިޔާބުކޮށްފައެވެ. ދީމާ މި މެޗްގައި ވާދަކުރީ މޮރިޝަސްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ގުކޫލް ވިދާދުއާއެވެ.
ރާއްޖޭން މި ގޭމްސްގައި ހޯދަން ކަނޑައެޅި 15 މެޑަލުގެ އަމާޒަށް މިހާރު ވަނީ ވާސިލްވެފައެވެ. ރާއްޖެ އަށް ޖުމްލަ ހަތަރު ރަން މެޑަލް ލިބޭއިރު އޭގެ ތެރެއިން ތިން ރަން މެޑަލް ހޯދައިދިނީ ޓޭބަލް ޓެނިހުންނެވެ. ރާއްޖެ އަށް ދެން ލިބުނު ރަން މެޑަލް ހޯދައިދިނީ ބެޑްމިންޓަން ވިމެންސް ސިންގަލްސް ބައިން އައިމިނަތު ނަބީހާ އަބްދުއްރައްޒާގެވެ.