އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަނެއްކާވެސް ރާއްޖެއިން ރަމް މެޑަލް އެއް ހޯދައިފިއެވެ.
މިފަހަރު ރަން މެޑަލް ހޯދައިފައިވަނީ ބެޑްމިންޓަން ގެ އަންހެން އޯޕަން ސިންގަލްސް ބައިން ރާއްޖޭގެ ނަބީހާ އަބްދުލް ރައްޒާގެވެ. ނަބީހާ ރަން މެޑަލް ހޯދައިފައި ވަނީީ ސީޝެލްގެ ކަމީލޭ އެލިސެން އާ ފައިނަލްގައި ވާދަކުރި ދެސެޓުންވެސް މޮޅުވެގެންނެވެ. އެގޮތުން ފުރަތަމަ ސެޓުގައި 21-14 އިން ކުރި ހޯދައިފައި ވާއިރު ދެވަނަ ސެޓު ކާމިޔާބު ކޮށްފައި ވަނީ 10-21 އިންނެވެ. ނަބީހާ ވަނީ ދެސެޓުގައި ވެސް މޮޅުކުޅުމެއް ދައްކާފައެވެ.
މި މެޑަލް އާއެެކު މިހާތަނަށް އައިއޯއައިޖީގައި 11 މެޑެލް ރާއްޖެއިން ވަނީ ހޯދައިފައެވެ. އެއީ 3 ރަން މެޑަލް އާއި އެކުއެވެ. މީގެ ކުރިން 2 ރަންމެޑަލް ވެސް ހޯދައިފައި ވަނީ ޓޭބަލް ޓެނިހުންނެވެ.
މިއީ ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް ގޭމްސް އަކުން ރާއްޖެ އަށް ޓީމު އިވެންޓަކުން ރަން މެޑަލް ލިބުނު 3 ވަނަ ފަހަރެވެ. ފުރަތަމަ ރަން މެޑެއްޔަކީ 2015 ވަނަ އަހަރުގެ އައިއޯއައިޖީ އިން ދުވުންތެރިޔާ ހަސަން ސާއިދު 100 މީޓަރު ދުވުމުން ހޯދި ރަން މެޑެއްޔެވެ.