ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އިންޑިއާގެ ރިއަލިޓީ ޑާންސް ޝޯ "ނަޗް ބަލިޔޭ"ގެ 9 ވަނަ ސީޒަންއަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެ ނިމިފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

10 ސެލެބްރިޓީ ޖޯޑުގެ މެދުގައި ކުރިއަށްދާ ނެށުމުގެ މުބާރާތެއްގެ ކޮންސެޕްޓަށް ފަރުމާކޮށްފައިވާ "ނަޗް ބަލިޔޭ"ގެ 9 ވަނަ ސީޒަންގެ ތީމް ހާއްސަކޮށްފައި ވަނީ ކުރީގެ ލޯބިވެރިންނާއެކު ނެށުމަށްކަމަށްވާއިރު، މިފަހަރުގެ ސީޒަނަކީ ފާއިތުވީ 8 ސީޒަނަށްވުރެ ބޮޑު މަގުބޫލުކަމެއް ހޯދާނެ ސީޒަނެއް ކަމަށް ބުނެއެވެ.

މަނީޝް ޕޯލް ހޮސްޓެއްގެ ގޮތުގައި ފެނިގެންދާއިރު، މިފަހަރު ޖަޖުންގެ ޕެނަލުން ފެންނާނީ ރަވީނާ، ސަލްމާން ހާން އަދި އަހުމާދު ހާންއެވެ.

"ނަޗް ބަލިޔޭ"ގެ 9 ވަނަ ސީޒަން ސްޓާ ޕްލަސްއިން ދައްކަން ފެށުމަށް ހަމަޖެހިފައި ވަނީ މި ހިނގާ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް މި ޝޯގެ ބައެއް މަންޒަރުތައް އޮންލައިންކޮށް ލީކުވެފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.