އެއްވުން ބޭއްވުމަށް ކާނިވާ ސަރަހައްދު ދީފައި ވާކަމަށް ޕީއެންސީ އިން ބުނެފިއެވެ.

ޕީއެންސީ އިން ބުނީ ޕީޕީއެމް އަދި ޕީޕީއެމް ހިމެނޭގޮތަށް އުފައްދާފައިވާ އިދިކޮޅު ކޯލިޝަނުގެ އެއްވުން ބޭއްވުމަށް ކާނިވާ ސަރަހައްދު ސަރުކާރުން ދީފައިވާކަމަށެވެ.

ޕީޕީއެމް އަދި ޕީއެންސީގެ އާންމު އެއްވުމަކަށް މާދަމާގެ 18:00 އިން ފެށިިގެން 00:00 އަށް ކާނިވަލް ސަރަހައްދު ދިނުމަށް މިދިޔަ މަހުގެ ތެރޭގައި ވަނީ ޕްލޭނިން މިނިސްޓްރީގައި އެދިފައެވެ. އިދިކޮޅު އިއްތިހާދުން ބުނެފައިވާ ގޮތުގައި އިދިކޮޅު ޕާޓީތަކުގެ އެއްވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 21:00 ގައެވެ. މި އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެންސީގެ ނައިބު ރައީސް ޝުޖާއު ވަނީ އިދިކޮޅުގެ އެއްވުމެއް ބޭއްވުމަށް ސިޓީއަކުން ހައުސިން މިނިސްޓްރީގައި އެދި އެތަން ދޭތޯ ބައްލަވަން ތިއްބަވާނީ މިދިޔަ އާދީއްތަ ދުވަހާ ހަމައަށް ކަމަށް ކުރިން ވިދާޅުވެފައެވެ. އަދި އެތަން ނުދީފި ނަމަ ބައްލަވަން ނުތިއްވަބާނެ ކަމަށް ވިދާޅުވެ ޝުޖާއު ވަނީ އިންޒާރެއް ދެއްވާފައެވެ.

ޝުޖާއު ވަނީ ފަސް މީހުން ތިއްބަސް ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ބާއްވާ އެއްވުން ބާއްވާނެ ކަމަށް ވިދާޅުވެ ސަރުކާރު ހިންގާ އެމްޑީޕީއަށް ގޮން ޖައްސަވާފައެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މާދަމާ ރޭގެ އިހުތިޖާޖުގައި ކުރީގެ ރައީސް ޔާމީނަށް ބައިވެރިވެވަޑައިގަންނަވަން ކެރިވަޑައެއް ނުގަންނަވާނެއެވެ.