އިންޑިއާގެ ޕޫނާގައި ފާރެއް ވެއްޓިގެން ހިނގި ހާދިސާގައި 14 މީހުން މަރުވެއްޖެއެވެ.

ޕޫނާގެ ކޮންދްވާ ސަރަހައްދުގައި މިހާދިސާ ހިނގާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މިހާދިސާގައި އެންމެ ފުރަތަމަ މަރުވީ 12 މީހުންނެވެ. މަރުވި މީހުންގެ އަދަދު 14 އަށް އިތުރުވީ، ޒަހަމްވީ 2 މީހެއްގެ ފުރާނަ ގެއްލުމާއެކުގައެވެ.

ވެއްޓިފައިވާ ފާރުގެ ދަށުގައި އަދިވެސް ދެތިން މީހަކު ތިބޭނެކަމަށް ލަފާކުރެވޭއިރު، ކަމާ ބެހޭ ފަރާތްތަކުން ދަނީ އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ހާދިސާގައި ޒަހަމްވީ މީހުންގެ ސީދާ މައުލޫމާތެއް އަދި ސާފުވާ ގޮތެއްނުވެއެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 9 ފިރިހެނުންނާ އަންހެނެއްގެ އިތުރުން، 4 ކުޑަކުދިންނެވެ. މަރުވީ ކޮން ގައުމެއްގެ، ކޮންބައެއްކަންވެސް އަދި މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.