އާސަންދައާ ބެހޭ ޝަކުވާތަކާއި ސުވާލުތައް ކުރުމަށް ނަންބަރެއް ގާއިމު ކޮށްފިއެވެ.

މިއަދު އާސަންދަ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރައްޔިތުންގެ ހިތްތަކުގައި އެ ކުންފުނީގެ މަސައްކަތާ ގުޅޭގިތުން އުފެދޭ ޝަކުވާތަކާއި ސުވާލުތައް ހުށަހެޅުމަށް "ޝިކާވަތި" ނަމުގައި މެސެޖު ކުރާނެ ނަންބަރެއް ގާއިމު ކޮށްފައިވާ ކަމަށެވެ.

ޝަކުވާތަކާއި ސުވާލުތައް ހުށަހެޅުމަށް މެސެޖު ކުރާނެ ނަންބަރަކީ 7951400 އެވެ. އާސަންދަ ކުންފުނިން ބުނީ މި ނަންބަރަށް ވަޓްސްއެޕް، ވައިބާ އަދި ޓެލެގްރާމް މެދުވެރިކޮށް ވެސް މެސެޖު ކުރެވޭނެ ކަމަށެވެ.

އާސަންދަ ކުންފުނިން ބުނީ އާސަންދައިގެ ހިދުމަތްތަކާއި، ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކާއި ބެހޭގޮތުން އެއްވެސް ކަމެއް ރިޕޯޓް ކުރުމަށް ބޭނުންނަމަ، މި ނަންބަރަށް މެސެޖާއި ފޮޓޯ ފޮނުވޭނެ ކަމަށެވެ. މީގެ އިތުރުން، އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރަނގަޅު ކުރުމަށް ރައްޔިތުންގެ ހިޔާލުވެސް މި ނަންބަރު މެދުވެރިކޮށް ފޮނުވޭނެ ކަމަށެވެ.