މާލޭގައި ހުންނަ ޕޭ ޓޮއިލެޓަށް ވެއްޓިފައި އޮތް މީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ އެމީހާ ވަނީ މަރުވެފައި ކަމަށް އޭޑީކޭއިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެ ހޮސްޕިޓަލު، ޑޮކްޓަރުންނާ ހަވާލާދީ، އޭޑީކޭ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕޭ ޓޮއިލެޓަށް ވެއްޓިފައި އޮއްވާ ފެނުނު މީހާ ގެނައި އިރުވެސް މަރުވެފައިވާ ކަމަަށެވެ.

ކުރަނގި ގޯޅިގައި އާންމުން ބޭނުން ކުރުމަށް ހުންނަ ފާހާނާއެއް ތެރޭގައި މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، އެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:45 ހާއިރު ކަމަށެވެ. ވެއްޓިފައި އޮތް މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އަދި އެމީހާ އަކީ 54 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ.އަދި އެމީހާގެ ހަށިގަނޑުން ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުހީގު ކުރަމުންނެވެ.

ދާދި ފަހުންވެސް މާލޭގެ ގެސްޓް ހައުސެއްގެ ތެރޭގައި ހަރަކާތް ހުއްޓި މަރުވެފައި އޮއްވާ ވަނީ 22 އަހަރުގެ ފިރިހެނެއް ފެނިފައެވެ. މީގެ އިތުރުން، މި މަހުގެ ތިންވަނަ ދުވަހު މާލޭގައި ހުންނަ ވިކްޓްރީ ގެސްޓް ހައުސް ވެސް 24 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.

ލ. ގަމުގައި ކުލީ ކޮޓަރިު ދޫކުރާ ތަނެއްގެ ތެރޭގައި އުމުރުން 40 އަހަރުގެ ފިރިހެނަކު މަރުވެފައިވެ ސް ފެނިފައި ވަނީ މި މަހުގެ ކުރީ ކޮޅުގައެވެ. މި މައްސަލާގައި ލ. ގަމުން ފެނުނު މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށާއި، އޭނާގެ ހަށިގަނޑު އޮތީ ހަރުވެފައިި ކަމަށް ފުލުހުން ބުނެފައި ވެއެވެ.