ނައިބު ރައީސް ފައިސަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި ވަނީ ހއ. އަތޮޅު ރަށްތަކަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލާ ބައްދަލު ކުރައްވާ ރަަށްރަށުގައި ހުރި ދަތި ކަންކަމާ ގުޅޭ މައުލޫމާތު އޮޅުން ފިލުވާފައެވެ. އަދި އެ ދަދުރުފުޅުގައި ވަނީ ރަށްރަށުގެ ސަރުކާރު އިދާރާ ތަކަށް ވަޑައިގެން އެ އިދާރާ ތަކުގެ މުވައްޒަފުންނާވެސް ބައްދަލު ކުރައްވާފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ހއ. އަތޮޅު މޮޅަދޫ، އުލިގަމު، ތުރާކުނު، އިހަވަންދޫ އަދި މާރަންދުއަށް ވަޑައިގަތެވެ. މީގެ އިތުރުން ނައިބު ރައީސް ވަނީ ހޯރަފުށްޓާއި، އިހަވަންދޫގައި އެމްޓީސީސީގެ ހައިސްޕީޑް ފެރީގެ ހިދުމަތް ވެސް ފައްޓަވައި ދެއްވާފައެވެ.