މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝާފިއީ ހުންނެވި މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޝާފިއީ ސްޓޭޓް މިނިސްޓަރު ގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ، މި ސަރުކާރުން ވެސް ކޮރަޕްޝަނުގެ އަމަލުތައް ހުޓުވުމަށް އެންމެ އެދެވޭ ފިޔަވަޅުތަކެއް ނާޅާ ކަަމަށް ތުހުމަތު ކުރައްވައެވެ.
މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާނު ކުރަމުން ޝާފިއީ ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިސްތިއުފާ ދެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ދައުރުގައި ދީފައިވާ އައިޖީއެމްއެޗް ގެ ސޮފްޓުވެއާއެއްގެ މަސަތްކަތް ކުރިއަށް ގެންދާތީ ކަމަށެވެ. ޝާފިއީ ވިދާޅުވެފައި ވަނީ އެ މައްސަލަ ރައީސަށް ހުށަހަޅުއްވައިފައި ވީނަމަވެސް ސަރުކާރުން އެކަމާ މެދު އިތުރު ގޮތެއް ނިންމާފައި ނުވާކަމަށާ، ކުރީގައި އެ ސޮފްޓުވެއާގެ މަސައްކަތް ކުރިޔަށް ގެންދިޔަ ގޮތަށް މިހާރުވެސް އެކަން ކުރިއަށް ގެންދާ ކަމަށެވެ.
ޝާފިއީގެ ޓްވީޓުގައި ސަރުކާރުން އެކަން ހުއްޓުވުމަށް އެއްބާރުލުން ނުދިނުމުން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މިފަދަ ކަންކަމުން ދޭހަ ވަނީ ސަރުކާރުން ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމާ މެދު ފަރުވާ ނުބަހައްޓާ މިންވަރު ކަމަށްވެސް އޭނާގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
ޝާފއީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރަށްވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ޝާފިއީ މަގާމުން އިސްތިއުފާ ދެއްވުމުން ދެން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ މަގާމުގައި ތިބަވާނީ އަހުމަދު އަފްޒަލް އިސްމާއިލް އާއި، އަލީ ސޯލިހު އެވެ.
ސާފިއީ އަކީ ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން މެލޭޝިއާގެ އޭޕީޔޫ ޔުނިވާސިޓީ އިން ޕީއެޗްޑީ ހާސިލް ކުރަށްވާފައި ވާ ބޭފުޅެކެވެ.