ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކަށް ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުހުލަތެއް ޖޭއެސްސީގެ މައްސަލަ ބަލާ ކޮމިޓީން ދީފިއެވެ.

ފަނޑިޔާރު ދިދީގެ ސުލޫކީ މައްސަލަތަކާއި ގުޅޭގޮތުން އާންމުކޮށް ހުޅުވާލައިގެން މިއަދު ދަރުބާރުގޭގައި ކުރިއަށްދިޔަ ބައްދަލުވުން ނިންމާލާފައިވަނީ، ދީދީގެ ވަކީލުންނާއި ޖޭއެސްސީގެ ކޮމިޓީ މެންބަރުންނާ މެދު ބަހުސަކަށް ދިއުމަށްފަހުގައެވެ.

ދީދީ އަށް ޖަވާބުދާރީ ވުމަށް މިއަދު ވަނީ 5 ދުވަސް ދީފައެވެ.