ކިންގް ސަލްމާން މިސްކިތަށް ޖުމްލަ ހޭދަވާ ވަރު ސައުދީ ސަރުކާރުން ދީފައި ނުވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު ވިދާޅުވީ ސަލްމާން މިސްކިތް ބިނާކުރުމުގެ ޕްރޮޖެކްޓަކީ 22 މިލިއަން ޑޮލްރުގެ ޕްރޮޖެކްޓެއް ނަމަވެސް ސައުދީ ސަރުކާރުން މި ޕްރޮޖެކްޓަށް ދީފައި ވަނީ 8 މިލިއަން ޑޮލަރު ކަމަށެވެ. މިއީ މި ޕްރޮޖެކްޓަށް ޖުމްލަ ހޭދަވާ އަދަދުގެ ދެބައިކުޅަ އެއްބަޔަށް ވުރެންވެސް ކުޑަ އަދަދެކެވެ.
މި މިސްކިތުގެ ޑިޒައިން ކަމަށް ބުނެ ކުރީގެ ސަރުކާރުން އާންމު ކޮށްފައިވާ ޑިޒައިނަށް ބޮޑު ބަދަލެއް ގެނެސްފައިވާތީ އާންމު ފަރާތްތަކުން ވަނީ ސަރުކާރާ ސުވާލު ކުރިމަތި ކޮށްފައެވެ. މިސްކިތުގެ މަސަތްކަތް ނިމުމަކާ ގާތްވި އިރު، ހަދަމުންދާ މިސްކިތާ ފުރަތަމަ ދެއްކި ޑިޒައިނާ ތަފާތެވެ. އާންމުންގެ އެންމެ ބޮޑު ސުވާލަކީ ޑިޒައިނަށް މިހާބޮޑު ބަދަލުތަކެއް ގެނައީ ކީއްވެގެންތޯއެވެ.
ކިންގް ސަލްމާން މިސްކިތުގެ ކުރީގެ ޑިޒައިން އަދި މިހާރު ފެންނަން ހުރި ޑިޒައިނުގެ ބައެއް ތަފާތު ތަކުގެ ތެރޭގައި މިސްކިތުގެ ފުރާޅަށާއި މިސްކިތުގެ ބޭރު ފާރު ހުންނަ ގޮތަށް ވަނީ ބޮޑު ބަދަލްތަކެއް ގެނެސްފައެވެ.
ކިންގް ސަލްމާން މިސްކިތަކީ އެއްފަހަރާ 6000 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ބިނާ ކުރާ މިސްކިތެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައި ވީ ނަމަވެސް ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވަނީ 10000 މީހުންގެ ޖާގަ އޮންނާނެ ކަމަށެވެ.
ކިންގް ސަލްމާން މިސްކިތަކީ ޖުމްލަ 4 ފަންގިފިލާއެއް ހިމެނޭ ގޮތަށް ގުރްއާނާ ބެހޭ މަރުކަޒަކާއި ކުތުބުހާނާއަކާއި ކްލާސްރޫމް ތަކެއްގެ އިތުރުން ޖަލްސާކުރާ މާލަމެއް ހިމެނޭ 41500 އަކަފޫޓުގެ ބޮޑު މިސްކިތެކެވެ.
ލާރިގަދު ކާލީ ..1.8 ބިލއަން ރުފިޔާ ވީ ގޮތެއް ސަރކާރުން ރައްޔިތުންނައް ސާފު ކޮއްދޭން ޖެހޭ މިދިޔަ ސަރުކާރު ވައްކަން ކުރާ ކަމައް ރައްޔިތުންނައް މިސަރުކާރުން ބުނެދިނީ މި ސަރުކާރުން 8 މަސްދުވަސް ތެރޭގައި 1.8 ބިލިއަން ފެންފޮދަކާ ނުލާ ވަނީ ދިރުވާލާފައި.. މީގެ އިތުރުން ދީބާޖާ 350 މިލިނައް ވުރ ބޮޑު އަދަދެއް ، ބިގައް 78މިލިއަން ، މައުސޫމް 22 މިލިއަން އަދި